ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅާއި ގުޅޭގޮތުން އަސްލަމް ދެއްވި ޖަވާބަށް ނަޝީދުގެ ނުރުހުން!

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ތަރައްޤީ ކުރަމުންދާ ގުޅީފަޅުން ގޯތި ދޫކުރުމާއި ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ޖަވާބަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރަށް ސުވާލު ކުރުމުގެ އިތުރު ވަގުތުގެ ތެރޭގައި ގުޅިފަޅުން ހިއްކާ ބިމުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ސާފު ކުރައްވަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ސުވާލު ކުރެއްވުމުން، މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ތަރައްގީ ކުރާ ގޮތުގެ ޕްލޭނެއް މާލޭގެ ދާއިރާތަކުގެ މެމްބަރުންނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. 

މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ވަޑައިގެން މިނިސްޓަރުވަނީ ހަމަ އެ މޭރުމުން ވާހަކަ ދައްކަވާފައެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅީފަޅާ ގުޅޭ ގޮތުން ސިޓީ ކައުންސިލާއި މަޖިލީހުގެ މާލެ ދާއިރާތަކުގެ މެންބަރުންނާ އެކު ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މިނިސްޓަރުގެ އެ ޖަވާބާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މެންބަރުގެ ސުވާލަތަކަށް ސާފު ޖަވާބެއް ދެއްވަންޖެހޭ ކަމަށާއި އެއީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ބޭނުންވާ ޖަވާބެއް ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅިފަޅުގައި 1،200 ގޯތި މާލެ ރައްޔިތުންނަށް ހާއްސަ ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އެއާއެކު ރައީސް ނަޝީދު ވިދާޅުވީ ނޫނުގައި ބުނާ ގޮތުން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން އަކީ ގެޒެޓް ކުރެވި އާންމު ރައްޔިތުންނަށް ފެންނަ ގޮތަށް އާންމު ކުރެވިފައި އޮންނަ ކަރުދާހެއް ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވާ ލޭންޑް ޔޫސް ޕްލޭނެއް ފެންނަން ނެތް ކަމަށެވެ.

”ގާނޫނުތަކާއި ގަވާއިދުތަކުން ވަރަށް ސާފުކޮށް ލޭންޑް ޔޫސް ޕްލޭން އަކީ ކޮބައި ކަމާއި، ލޭންޑް ޔޫސް ޕްލޭން އާންމު ކުރާ ގޮތް ވަރަށް ސާފުކޮށް ފެންނަން އޮންނާނެ، އާންމުކޮށް ފެންނަ ގޮތަށް ގެޒެޓްގައި ލޭންޑް ޔޫސް ޕްލޭން ނެތް ނަމަ، އެއީ ޑްރާފްޓްއެއް،“ ރައީސް ނަޝީދު ވިދާޅުވި އެވެ.

މިނިސްޓަރާއި ސުވާލު ކުރެއްވުމުގެ ވަގުތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ގުޅިފަޅު ޕްލޭންގައި މާލޭ ރައްޔިތުންނަށް 1200 ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ކަމަށެވެ. އަދި ގުޅިފަޅާ ބެހޭ ގޮތުން އޮތީ ޑްރާޕްޓް ޕްލޭނެއް ކަމަށާއި ގާނޫނީ ގޮތުން އެ ޕްލޭންގައި ސިއްކަ ޖަހަނީ ޕްރޮސެސްއެއްގެ ތެރެއިން ގޮސްގެންކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރު ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް ކޮންޓްރެކްޓުގައި ސޮއިނުކޮށް ހުރި މަޝްރޫއުތައް އަދި ކުރިއަށް ނުގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: