ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް ރައީސް އަނގަގަދަކަމުން ޝަރީފް ރަތަށް: ”މިއީ ސްކޫލެއް ނޫން“، ނަޝީދު އެންގެވީ ”ހަޑިކޮށް ނޫޅޭނަން“ 100 ފަހަރު ލިޔަން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައިޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ކުޑަކުދިންތަކެއްގެ ސްކޫލެއް ހިންގާހެން މަޖިލީސް ހިންގެވުމަށްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށްދާއިރު އަބަދުވެސް މެމްބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދިނުމާއި، އަދި މެމްބަރުންގެ ވާހަކަތައް ކުރިޔަށްދާއިރު އެއަށް ހުރަސްއަޅުއްވާ ރައީސް ނަޝީދު ސުވާލު އުފައްދަވައެވެ. އަދި މެމްބަރެއްގެ ވާހަކަ ނިމުމުން ސަރުކާރުގެ ހިންގުމާއި ބެހޭ ކޮންމެވެސް ވާހަކައެއް ނުވަތަ، އެ ދުވަސްވަރު މީޑިއާތަކާއި ސޯޝަލް މީޑިއާއިން ފެންމަތި ކުރާ ވާހަކަތަކައް ހިޔާލު ދިނުން ހިމެނެއެވެ.

މަޖިލީހުގެ ތަޅުމުގައި މީގެ ކުރިންވެސް މިނިސްޓަރުން ހާޒިރުކޮށް ސުވާލު ކުރުން ކުރިޔަށް ގެންދާއިރު، ރިޔާސަތުގައި ހުންނަވައިގެން މިނިސްޓަރާއި ރައީސް ނަޝީދު ވެސް ސުވާލުތައް އަމާޒު ކުރާ ފަހަރުތައް އާދެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމް ހާޒިރު ކުރިއިރު، އަސްލަމަށް ރަނގަޅަށް ޖަވާބު ދެވިފައިނުވަނީ، އެ ވާހަކައަށް ރައީސް ނަޝީދު ހުރަސްއަޅުއްވަމުން ގެންދެވުމުގެ ސަބަބުންނެވެ. އަދި ރައީސް ނަޝީދު ވަނީ އަސްލަމް ދެއްވާ ބައެއް ޖަވާބުތަކަށް ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާއި ގުޅިގެން، ހިތްހަމަނުޖެހުން ފާޅުކޮށް ޝަރީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކަތަކުގެ ސަބަބުން، ”ވާން ވީ ގޮތެއް، ވާން އުޅޭ ގޮތެއް“ ނޭނގޭ ކަމަށެވެ. އަދި ޕޮލިސީއަކީ ވެސް ކޮބައިކަމެއް ސާފެއް ނޫން ކަމަށެވެ. އަދި ބައެއް ފަހަރު ވަޒީރު އިތުރުފުޅު ހައްދަވަނީހެން ވެސް ހީވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވާހަކަ ކުރިޔަށް ގެންދަން ފެށުމުން، ރައީސް ނަޝީދު ވަނީ އޭނާއަށް ހުރަސްއަޅާ މައިކް އޮފްކޮށްލާފައެވެ. އަދި ގޮނޑީގައި އިޝީނުމަށް އެދުމުން ވެސް ޝަރީފް ވަނީ ވާހަކަތައް ކުރިޔަށް ގެންދަވާފައެވެ. ނަމަވެސް ޝަރީފް ދެއްކެވި ބައެއް ވާހަކަތައް ސާފެވެ. އަދި ވަނީ ރައީސް ނަޝީދު އުޅުއްވަނީ ސްކޫލެއް ހިންގަން ކަމަށް ވިދާޅުވެފައެވެ.

ޝަރީފްގެ ވާހަކަ ކުރިޔަށް ގެންދެވިއިރު، މައިކު ވަނީ ކަނޑާލާފައެވެ. އަދި ރައީސް ނަޝީދު ގެންދެވީ ތަކުރާރުކޮށް އިޝީނދެވަޑައިގަތުމަށް ވިދާޅުވަމުންނެވެ. ރައީސް ނަޝީދު ވާހަކަ ދައްކަވަމުން ގެންދެވީ ފުދޭވަރަކަށް ބާރަށް ކަމުން، ޝަރީފް ދެއްކެވި ހުރިހާ ވާހަކައެއް ސާފެއް ނޫނެވެ. އެހެން ނަމަވެސް ޝަރީފްގެ ރުޅިގަނޑު ފަޅައިގެންގޮސް ”މައްޗަންގޯޅި މެދު ގޮނޑިއަށް ވުރެ ފޭދޫގެ މި ގޮނޑިއަށް ވޯޓު ލިބުނު“ ކަމަށް ވިދާޅުވެފައެވެ.

ޝަރީފް ޖަލްސާގައި އަޑުގަދަ ކުރައްވަނީކަމަށް ވިދާޅުވެ، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ޝަކުވާ ކުރެއްވުމުން ރައީސް ނަޝީދު ވަނީ ހުތުރުކޮށް ނޫޅޭނެކަމަށް 100 ލިޔަން ޝަރީފަށް އަންގާފައެވެ. ސައީދު ވިދާޅުވީ މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ ސުވާލު ކުރެއްވިއިރު، ޝަރީފް ފަހަތުން އަޑުގަދަ ކުރައްވާތީ ސުވާލުގެ ޖަވާބު އަޑު ނީވޭ ކަމަށެވެ. އެކަމާއި ގުޅިގެން، ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ނިޒާމަށް އުނދަގޫވާގޮތަށް އަޑުގަދަ ކުރުމުން އެހެން މެމްބަރުންނަށް ވެސް އުނދަގޫ ވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: