ޅ. ނައިފަރާއި މާލެއާ ދެމެދު ދަތުކުރާ ބޯޓެއްގައި މަސައްކަތް ކުރާ ބިދޭސީއެއް ކޮވިޑަށް ޕޮޒިޓިވް ވެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ބިދޭސީ މީހާ ބައްޔަށް ޓެސްޓުކޮށްފައިވަނީ، އޭނާގެ ފަރާތުން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުންނެވެ. އަދި ކޮވިޑަށް ޓެސްޓުކުރިއިރު ޕޮޒިޓިވްވެފައިވާތީ ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.
ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނައިފަރު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ރަށުން ކޮވިޑުގެ ކޭސްއެއް ފެނިފައިވާތީ ބަލަންޖެހޭ ކަންތައް ބެލުމަށް، ރަށް މޮނީޓަރިންގެ ހާލަތަށް ގެންނަ ކަމަށެވެ. އަދި އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން އެއްވެސް މީހަކަށް އަރާ ފޭބުމުގެ ހުއްދަ ދެވެން ނެތްކަމަށް އެންގުމުގައި ވަނީ ބުނެފައެވެ.

ނައިފަރުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ނައިފަރުން މާލެއަށް މުދަލާއި ފަސިންޖަރުންނާއި އެކު ދަތުރުކުރާ ”މެގައާރު“ ބޯޓުގެ ފަޅުވެރިއެކެވެ. އަދި ބޯޓު އެންމެ ފަހުން މާލެ އައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ބިދޭސީ މީހާ ކޮވިޑަށް ޓެސްޓުކޮށްފައިވަނީ ބޯޓު މާލެ ދިޔަފަހުން އަލާމާތްތަކެއް ފެންނަން ފެށުމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ބޯޓުގައި ޖުމްލަ 08 މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މައުލޫމާތު ލިބޭ ގޮތުން ކޮވިޑަށް ޓެސްޓު ކުރި މީހާ ރަށުގައި ބެހެއްޓުމަށްފަހު ބޯޓު ވަނީ މާލެ އައިސްފައެވެ. ނަމަވެސް ޓެސްޓު ކުރުމުގެ ކުރިން ފަޅުވެރިން ރަށަށް ފައިބާފައިވާތީ އާއި، ރަށުގެ ހޮޓަލަކަށް ގޮސްފައިވާތީ އެ މީހުންނާއި އިތުރު ބަޔަކާއި ބައްދަލުވީ ތޯ ބެލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އިތުރުވެ، ދެވަނަ ފަހަރަށް ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އަދި ރަށްތަކަށް ދަތުރު ކުރުމުގެ އުސޫލަށް ބަދަލު ގެނައުމުގެ ކުރިން، މާލެއިން ރަށްތަކަށް ދިޔަ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މާލެ އާއި ރަށްތަކާއި ދެމެދު ދަތުރުކުރާ ކާބޯތަކެއްޗާއި މުދާ އުފުލާ ބޯޓުތަކުން ވެސް ވަނީ ކޮވިޑުގެ ކޭސްތަކެއް ފެނިފައެވެ.