ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބައެއް މެމްބަރުންގެ ސޮއި ހޯދަން ފަށައިފިއެވެ.

ސަންގަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވީ މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފައްޔާޒްގެ އިތުރުބާރު ނެތް ކަމަށް މަޖިލީހަށް ވެއްދުމަށް 20 އަކަށް މެންބަރުން ސޮއި ކުރައްވާފައިވާ ކަމަށް އެ މެންބަރު ވިދާޅުވިއެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރުންގެ ސޮއެވެ.

ސަންގުން ސުވާލު ކުރުމުން އެ މެންބަރު ފުރަތަމަ މިދާޅުވީ ”އެކަހަލަ ކަމެއް އެބަ އުޅޭ“ ކަމަށެވެ. ނަމަވެސް ސީދާ ކޮންމަކާއި ގުޅިގެން ކަމެއް އޭނާ ވިދާޅެއްނުވިއެވެ. އެ މެންބަރު ފުރަތަމަ ވިދާޅުވީ އެއީ ”ކޮންފިޑެންޝަލް“ ވާހަކައެއް ކަމަށެވެ.

އެމްޑީޕީގެ އެހެން މެންބަރަކު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން އެންމެ ފުރަތަމަ ސޮއި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ އެމްޑީޕީން ވެރިކަމަށް އަންނަން ވި ވައުދު ފުއްދައިދިނުމަށް މަސައްކަތް ނުކުރެއްވޭ ކަމަށް ބުނެއެވެ.

މިނިސްޓަރު ފައްޔާޒްގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވައްދާނެ ކަމަށް މައުލޫމާތު ހިއްސާކުރެއްވި މެންބަރު ވިދާޅުވިއެވެ. ނަމަވެސް މިވަގުތު ކުރިއަށްދަނީ ”ފައްޔާޒް ބޭރުކުރުމުގެ މައްސަލަ“ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، 65 މެމްބަރުންގެ ސުޕަ މެޖޯރިޓީއާ އެކު މަޖިލީހުގައި އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބާރެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: