ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާއަށް ޓެރަރިޒަމްގެ އިންޒާރުތައް ދެމުންދާއިރު އެކަން ތަހުގީގުނުކޮށް ރޯޔަލްވެފަ ނުހުރެވޭނެ”

ޝެއާރކޮށްލާ ކަހަލަދޯ؟

އަވަށްޓެރި އިންޑިއާއަށް ދެމުންގެންދާ އިންޒާރުތައް ތަހުގީގުކުރަމުން ނުދާތީވެ، އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރ ހުސައިން ޝަހީމު، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ޝަހީމު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އަވަށްޓެރި އިންޑިއާއަށް ބޮޑެތި އިންޒާރުތައް ދެމުން ގެންދާއިރު، އެކަންކަން ތަހުގީގު ނުކޮށް ކޮމިޝަނަރ އޮފް ޕޮލިސް ރޯޔަލް ހެދިފައި އޮތްކަމަށް ނުބެއްލެވުމަށް ވިދާޅުވެފައެވެ. އެ ޓްވީޓާއެކު ވަނީ އައްބާސް އާދިލް ރިޒާ އިންޑިއާއަށް އިންޒާރު ދީފައިވާ ޓްވީޓެއްގެ ސްކްރީން ޝޮޓެއްވެސް ހިމަނާފައެވެ.

ރައީސް ޑރ.ވަހީދު ޙަސަން މަނިކު އަދި ރައީސް ޔާމީންގެ ވެރިކަމުގައިވެސް ދައުލަތުގެ ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ އައްބާސް އާދިލް ރިޒާ ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އައްޑޫ ގައި ހަދާ ހަނގުރާމައިގެ ކިއްލާ ވެސް ޖެހޭނީ ގެންދަންކަމަށެވެ. ރާޑަރާއި ކަނޑުގެ އަޑިން ދެމި ނަރުތައްވެސް ޖެހޭނީ ގެންދަންކަމަށް ވިދާޅުވަމުން ޓްވީޓް ނިންމަވާލާފައިވަނީ، ހަނގުރާމަވެރި ސިފައިންވެސް ޖެހޭނީ ފުރާނަބޭނުމިއްޔާ ދާން ކަމަށް ބުނެ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

ސަންގަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ޝަހީމު ވިދާޅުވީ، މިއީ ސީދާ ޓޭރަރިޒަމްގެ ޢަމަލުތަކެއް ކަމުގައެވެ. އަދި އިންޑިއާ ނުވަތަ އެނޫންވެސް ޤައުމެއްގެ މީހުންގެ ފުރާނަ ދުއްވާލާނެ ކަމުގެ އިންޒާރު ދިނުމުން އެ ކަންކަން ތަހުގީގު ކުރަން ޖެހޭނެކަމަށެވެ.

” މިއީ ސީދާ ޓެރަރިޒަމްގެ ޢަމަލެއް. މި މައްސަތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭނެ. ހާރިޖީ ގުޅުން ވަރުގަދަވެ، އަވަށްޓެރިން ޤައުމުތަކާއި ދިވެހިން އަލުން ގުޅުން ބަދަހިކުރަމުންދާ މި ދަނޑިވަޅުގައި ޖުމްލަ ދިވެހިން ބަދުނާމު ވާގޮތަށް މިފަދަ ފިޑި އިންޒާރުތައް ދެވިގެން ނުވާނެ”

ޝަހީމު އިތުރަށް ވިދާޅުވީ މި މައްސަލަތައް ތަހުގީގު ނުކޮށް ސީޕީ ހަމީދު ރޯޔަލްވެފަ ހުންނަތަން ފެންނަކަމަށާއި، އެ ފުރުސަތު ސީޕީއަކަށް ނޯންނާނެކަމަށާއި، ޖަވާބުދާރީ ކުރުވަން ޖެހޭ ވަގުތު އެކަންކަން ޕީޖީ ގުރޫޕުން ކުރިޔަށް ގެންދާނެކަމަށެވެ.

މި ސަރުކާރު އައިފަހުން އިންޑިއާއި އޮންނަ ގުޅުން ވަރަށް ބޮޑުތަނުން ރަނގަޅުވެފައިވާ ކަމަށާއި، ރާއްޖޭގެ ތަރައްޤީގެ ނާރެހުގައި އިންޑިއާއަކީ މުހިންމު ބައިވެރިއެއް ކަމަށްވެސް ޝަހީމު ވިދާޅުވިއެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދު ހަދާފައިވާ ބައެއް އެގްރީމެންޓްތަކާއި ދެކޮޅަށް އިދިކޮޅޮ ކޯލިޝަންގެ ފަރާތުން ދަނީ އަޑުއުފުލަމުންނެވެ.

 

 

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 7%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޙުސައިން ޝަހީމަކީ ކިޔަވައިގެން ހުރި ތަންދޮރު ފިލާފަ ހުރި ދިވެއްސެއްތަ؟ ނޫނީ ޢަމިއްލަ އެދުމުން ފޯވެފަ ހުރި އިންޑިޔާ ނަސްލުގެ މީހެއްތަ އަމިއްލަ ގައުމްގައި އެހެން ގައުމެއްގެ ބަޔަކު ބާރު ގަދަ ކުރަން މަސައްކަތް ކުރާއިރު ޢެމީހުންގެ މަޤްސަދާއި ބޭނުން ރަގަލަށް ޢޮޅުން ނުފިލުވާ އަމިއްލަ ޤައުމަށް ޣައްދާރުވާ ކަހަލަ ވާހަކަ ދައްކަނީ!! ތައްލީމެއް މީނާގެ ނެތިއްޔާ މީނާއަށް ނޭގޭނެ ސިއްކިމް އިންޑިޔާއިން ހެދި ޣޮތް!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: