ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްބާސްގެ މައްޗަށް ”ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ“ ދައުވާ!

އައްބާސް އާދިލް ރިޒާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅު ޖެހުމަށާއި، އާއްމު ތަންތަނުގައި ރޯކޮށް ހަމަނުޖެހުން އުފެއްދުމަށް ގޮވާލިކަމަށް ބުނާ މައްސަލައިގައި އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފި އެވެ.

އައްބާސަކީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ތަރުޖަމާނުގެ މަގާމާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގައި ވެސް ބައެއް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

އައްބާސްގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ހުށަހަޅާފައިވާކަން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ދައުވާތަކުގެ ތަފްސީލު ހިއްސާކޮށް ޕީޖީ އޮފީހުން ބުނީ އައްބާސްގެ މައްޗަށް ކުރަނީ ހަމަނުޖެހުން އުފައްދައި، އާއްމު ތަންތަނުގައި ރޯކޮށް އަމާންކަން ނަގާލަން ގޮވާލުމުގެ ތުހުމަތެވެ. މިއީ ސޯޝަލް މީޑިއާގެ ވަސީލަތެއްކަމަށް ވާ ކްލަބްހައުސްގައި ކުރިޔަށް ދިޔަ ސިޔާސީ ބަހުސެއްގައި ރައީސް ޔާމީންގެ މައްޗަށް ހިންގި މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ޝަރީއަތާއި މެދު ހިތްހަމަނުޖެހިގެން ހަމަނުޖެހުން އުފެއްދުމަށް އޭނާ ގޮވާލި މައްސަލައެއްކަމަށް ދައުވާގައި ވެއެވެ.

މާލޭގެ އެކި ތަންތަނުގައި ރޯކޮށް، އާއްމުންނަށް އުނދަގޫ ވާގޮތަށް ޕެޓްރޯލާއި ގާފަދަ ތަކެތި ބޭނުންކޮށް ހަމަނުޖެހުން އުފެއްދުމަށް ހިތްވަރު ދީފައިވާކަމުގެ ތުހުމަތުކޮށް އައްބާސްގެ މައްޗަށް ކުރަނީ “ފަނާކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ދައުވާ” އެވެ.

އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުޖެހުމަށް ގޮވާލި މައްސަލައިގައި ވެސް އައްބާސް ހައްޔަރު ކުރި އެވެ. އެ މައްސަލައިގައި އޭނާ ދޫކޮށްލި ނަމަވެސް، ދައުވާ އުފުލި ސަބަބުތަކުގެ ތެރޭގައި އެ ޓުވީޓުގެ މައްސަލަ ވެސް ހިމެނެ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވުމަށް ފަހު 2012 ގެ ފެބްރުއަރީ 08 ގައި ހިނގައިދިޔަ ހަމަނުޖެހުންތައް ފާހަގަކޮށް އޭނާ ވަނީ އެ އަމަލު އޭރު އެ ޕާޓީން ހިންގީ އިންޑިއާގެ އޯޑަރަށްކަމަށް ބުނެފަ އެވެ. އަދި އެކަމުގެ ބަދަލު ހިފަން ޖެހޭކަމަށް އައްބާސް ކުރެއްވި ޓުވީޓެއްގައި ވެއެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 53%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: