ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްބާސް އާދިލް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފި

ކުރީގެ ރައީސް އޮފީހުގެ ތަރުޖަމާނެއްގެ މަގާމު އަދާކުރައްވާފައިވާ އައްބާސް އާދިލް ރިޒާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ އައްބާސް އާދިލް ރިޒާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.

އައްބާސްއަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

އައްބާސްގެ މައްޗަށް ދައުލަތުން ކުރަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުން ދައުވާ އެވެ.

އައްބާސްގެ މައްޗަށް މިދައުވާ އުފުލާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ކްލަބްހައުސް ގައި މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީ އެވެ.

މީގެއިތުރުން މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހު އައްބާސް ބޭނުންކުރައްވާ ޓްވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކުރުމަކީވެސް އައްބާސްގެ މައްޗަށް މިދައުވާ އުފުލި ސަބަބެކެވެ.

އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުޖެހުމަށް ގޮވާލި މައްސަލައިގައި ވެސް އައްބާސް ހައްޔަރު ކުރި އެވެ. އެ މައްސަލައިގައި އޭނާ ދޫކޮށްލި ނަމަވެސް، ދައުވާ އުފުލި ސަބަބުތަކުގެ ތެރޭގައި އެ ޓުވީޓުގެ މައްސަލަ ވެސް ހިމެނެ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވުމަށް ފަހު 2012 ގެ ފެބްރުއަރީ 08 ގައި ހިނގައިދިޔަ ހަމަނުޖެހުންތައް ފާހަގަކޮށް އޭނާ ވަނީ އެ އަމަލު އޭރު އެ ޕާޓީން ހިންގީ އިންޑިއާގެ އޯޑަރަށްކަމަށް ބުނެފަ އެވެ. އަދި އެކަމުގެ ބަދަލު ހިފަން ޖެހޭކަމަށް އައްބާސް ކުރެއްވި ޓުވީޓެއްގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: