ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނދުން ހުސައިން ދުންޔާއަށް: އިންޑިއާއަށް ފާޑުކިޔާއިރު ލަދު ކޮބާ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ އިންޑިއާގެ ”ސެޓެލައިޓް ސްޓޭޓަކަށް“ ވުމުގެ ބިރުވެރިކަން އެބައޮތްކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި ރައީސް މައުމޫން ޢަބްދުލް ގައްޔޫމުގު ދަރިކަނބަލުން ވިދާޅުވުމާއި ގުޅިގެން، އެމްޑީޕީ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު، ދުންޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމު ވިދާޅުވީ، ރައީސް މައުމޫންގެ ދަރިކަނބަލު އެގޮތަށް ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެކަމަށެވެ. އަދި 3 ނޮވެމްބަރު 1988 ގައި ދުންޔާ މައުމޫންގެ ބައްޕައާއި، އާއިލާ ސަލާމަތްކޮށްދިނީ އިންޑިއާ ސިފައިންކަމަށާއި، އެދުވަހު އިންޑިއާ ގޯސް ނުވީ ކީއްވެތޯ ބުނެ ޝަހީމު ވަނީ ދުންޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝަހީމު ވިދާޅުވީ، އަމިއްލަ މަންފާއަށް އިންޑިއާގެ އެހީ ހޯދުން އޯކޭވެފަ ، މިއަދު އެގޮތަށް ފާޑު ކިޔާ މީހުންނަކީ، އެއްވެސް ލަދެއް ނެތް ބައެއް ކަމަށެވެ.

ރާއްޖެއާއި އިންޑިއާއި ދެމެދު އޮންނަ ގުޅުމަށް ދުންޔާ ފާޑު ވިދާޅުވެފައިވަނީ ލަންކާގެ ޓީވީ ޗެނަލްއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެގޮތުން ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދުންޔާ ވިދާޅުވީ ދިވެހިރާއްޖެއިން އިތުރު ކަމަަކަށް ބެލުމެއް ނެތި ”ޕްރޯ އިންޑިއާ“ ޚާރިޖީ ސިޔާސަތަކަށް އަމަލުކުރަމުންދާ ކަމަށާއި، އެފަދައިން އަމަލުކުރަމުންދާ ސަބަބާއި މެދު ގަބޫލުކުރެވޭ ހުއްޖަތެއް ރައީސުލްޖުމްހޫރިއްޔާ ދައްކަވަންޖެހޭ ކަމަށެވެ.

އަދި އެ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖެއަކީ އިންޑިއާގެ ”ސެޓެލައިޓް ސްޓޭޓަކަށް“ ވުމުގެ ބިރުވެރިކަން އެބައޮތްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
70%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 2%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. 3 ނޮވެމްބަރު 1988 ގައި ދުންޔާ މައުމޫންގެ ބައްޕައާއި، އާއިލާ އަދި ދިވެހި ރައްޔިތުން އިންޑިއާ ސިފައިން ސަލާމަތް ކޮށް ދިނީ ހަމަ ހިލޭ ސާބަހަށް ބާވައެވެ.

  2. އޭ މިހިރަ އަދުން ގަޑު އެދުވަހު މައިމޫނުގެ ފެމެލީސަލާމަތް ކުރީފަހުދުވެރި ރާޖޭސިފަަިން އިންޑިޔާގެ މަދަދަންއެދުނި ކަލޭމެން ސަލާމަތްކުރައް އެވާނެނުން މިވެސް ބޮޑުބީވިއެންވިޔަ ދުއްޔާވެސް ވިދާޅެއްނުވޭ އިންޑިޔާމިހިން މިތަނުން ފާބާކަށޭ އެކަމަނާވެސް ވިދާޅުވަނީ އިންޑިޔާ ސިފައިން މިގައުމުގަ އަސްކަރީ ބޭހެއްގާއިމު ކޮއްގެން ނުވާނެއޭ އެކަމާދެކޮޅޭ ސާފުތަ އަދުންހުސައިނު މިހާރު ތިވެސް ބާގީއެމްޑީޕީ ބޮޑެތިމީބުނަކީ ބޮޑެތި ބާގީން

  3. ބަލަ އަދުނާ ކަލޭ ހޭބަލިވީތަ އިންޑިޔާސިފައިން މިތަނައް އައީ ބާގީން ބަލިވެގެން ފިލާ ރައްކާވަނިކޮން ކަލޭ އަބަދު ހިދުކޮޅުގަ ހުއްނަ ބޭފުޅަކައް ނޭގިދާނެ ބާގީން ބަލިކުރީ މި ދިވެހި ޤައުމުގެ ހިތްވަރުގަދަ ސިފައިން ކަލޭ ކޮސްނުގޮވަ ކަލޭ ގޮސް އޮވެބަލަ ބޮޑުގެރީގެ ބަނޑުދަށުގަ

  4. ތިނެއް ނޮވެމްބަރުގެ ހަގީގީ ބަތަލުންނަކީ ދިވެހި ސިފައިން، އަދުނަކަސް ވެދުނަކަސް ތާރީހު އޮޅުވައެއް ނުލެވޭނެ، ތިބުނާ ބަޔަކު އައީ ކަންވެނިމުން ފަހުން. ދިވެހި ހިއްވަރުގަދަ ސިފައިން ، ރާއްޖެ ހިފަން އެރި އަދުއްވުންނާއި ހަނގުރާމަކޮށް ފަތަހަހޯދި ފަހުން ، ދިވެހި ހިއްވަރުގަދަ ސިފައިން އަދުއްވުން ފައްސާލިހަފުން .
    ހަމައެކަނި ތިބުނާބަޔަކު ކުރި ކަމަކީ ފިލައިގެން ދިޔަބަޔަކު ހައްޔަރު ކުރީ …
    އަނދުނައް އިންޑިޔާއިން ވެދުން ފޮނުވީތަ ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: