ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ޖަމާއަތް ހަދައިގެން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
އަނދުން ހުސެއިން ޖަމާއަތް ހަދައިގެން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރާ ފޮޓޯ ލީކްކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ ފޮޓޯގައި އިތުރު ފިރިހެނަކާއި އަންހެނަކު އެނދުގައި އޮށޯވެގެން ތިބޭ ތަން ފެނެއެވެ.
މިކަމާއި ގުޅިގެން ފުލުހުންނާއި ސުވާލުކުރެވުމުން ބުނެފައިވަނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.
އަދުން ހުސެއިންކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ފޮޓޯ ލީކްވެފައިވާ، މި ދަނޑިވަޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯއެއްގެ މައްސަލައެއްވެސް ފެންމަތިވެފައިވާ ދަނޑިވަޅެކެވެ. އެ މައްސަލައިގައި އޭނާގެ ތަހުގީގު ކުރިއަށްދާތީ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ. ނާޒިމް އާއި ބިދޭސީ ފިިރިހެނަކު ކޮޓަރިއެއްގެ ތެރޭގައި ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯގައި ފެންނަނީ ނާޒިމް ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ ހުރިހާ ތުހުމަތެއް ދޮގުކުރައްވާފައެވެ.
ވީޑިއޯގެ މައްސަލައާ ގުޅިގެން ނާޒިމް ރޭ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައިވެއެވެ. ފުލުހުން ހަމައެކަނި ބުނެފައި ވަނީ އޭނާ ހާޒިރު ކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް މީގެ ކުރިން ފުލުހަށް ހުށަހަޅާފައިވާތީ އެކަން ވެސް ބަލަމުންދާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި 40 ހަށް ވުރެ ގިނަ ސިޔާސީ ފަރާތްތަކުގެ ބަރަހަނާ ފޮޓޯ އެބަހުރިއެވެ.
މި ފޮޓޯތައް އާންމު ކޯށްފައިޥާ ޓްވީޓާ އެކައުންޓު އެމްވީ ލީކްސް 2.0 އިން ބުނެފައިވަނީ ”މިއީ އަދި ފެށުމެއް“ ކަމަށެވެ.

