ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޖަލުގައި އޮންނެވުން: އަނދުން ހުސެއިިން

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީނަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ޖަލުގައި އޮންނެވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މަކުނުދޫ މެމްބަރު އަބްދުﷲ ރާއީ ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަން ހުޅުވާލި ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން އަނދުން ހުސެއިން ވަނީ މަޖިލީހުގެ ތަޅުމުގައި މިއަދު އިދިކޮޅުން ކުރަމުން ގެންދާ އިހުތިޖާޖުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މެމްބަރު ރާއީ ހުށައަޅުއްވާފައިވަނީ ރަސްފަރީ ފަރަށް އާގު ބޯޓެއް އެރި މައްސަަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި ހުށައެޅި މައްސަލައެވެ. މިމައްސަލައަށާއި އިދިކޮޅުގެ އިހުތިޖާޖަށް އިޝާރާތްކުރައްވައި އަނދުން ހުސެއިން ވިދާޅުވީ މިފަދަ ބޮޑު މައްސަަލައެއް މަޖިލީހަށް ހުށައަޅާފައި އޮތްއިރުވެސް މަޖިލީހުގެ އިދިކޮޅު މެމްބަރުން އުޅުއްވަނީ ނުހައްގުން ހޯދާފައިވާ ފައިސާއިން އަޅާފައިވާ ގަނޑުވަރެއްގައި ރައީސް ޔާމީން ހުންނަވަން ފުރުސަތު ނެތުމުން، އެކަން ބޮޑުކަމަކަށްވެގެން ކަމަށެވެ.

”މިބޭފުޅުން މިބޭނުންވަނީ ދިވެހިރާއްޖޭގެ ހުރިހާ ފަރަކާއި، ފަޅަކާއި ހަލަކާއި ގިރިއެއް ވިއްކާލާފައި އެލިބުނު ލާރި އަމިއްލަފުޅު އެކައުންޓަށް ލައިގެން ހުންނެވި ބޭފުޅަކު ގެނެސް ގޭގައި ބަަހައްޓަވަން. އެއީތޯ އަދުލު އިންސާފު ގާއިމްކުރާ ގޮތަކީ.“ އަނދުން ހުސެއިން

އަނދުން ހުސެއިން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ދައްކަވާ ވާހާކައަކީ ދައުލަތުގެ ފައިސާ ވަގަށް ނަގާފައިވާ ބޭފުޅަކު އެފައިސާއިން، އުޑާއި ޖެހެންދެން ހަދާފައިވާ ބޮޑު ގަނޑުވަރެއްގައި ބައިންދަން ބޭނުންވާ ވާހަކަ ކަމަށެވެ. އަނދުން ހުސެއިން ވަނީ އިންސާފު ހޯދުމަކީ އެއީތޯ ސުވާލު އުފައްދަވާފައެވެ.

މިސަރަހައްދުގައި އޮތިއްޔާ އޮތްހާތަނެއް ރައީސް ޔާމީން ވިއްކާލާފައިވާކަމަށް އަނދުން ހުސެއިން ތުހުމަތުކުރެއްވިއެވެ. ފ އަތޮޅު ވިއްކާލުމަށްފަހު ލާރި ނަންގަވައިގެން ހުންނެވި މައްސަލާގައި މިހާރު ސައުދީ އަރަބިއްޔާއަށްވެސް އެރުން މަނާކޮށްފައިވާކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ. އެފައިސާ ބަހާލާފައިވަނީ އިދިކޮޅުގެ މެމްބަރުންނަށް ކަމަށާއި އިދިކޮޅުގެ ބޭފުޅުންނަކީ ޑިމޮކްރަސީ އެއްވެސް ވަރަކަށް ދަންނަ ބައެއް ނޫންކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ. އިދިކޮޅުގެ ވެރިކަމުގައި އެއްއަހަރު ވަންދެން މަޖިލިސް އޮތީ ބަންދުކޮށްފައި ކަމަށާއި އަނެއްކާ މިއަދުވެސް އިދިކޮޅުން ބޭނުންވަނީ މަޖިލިސް ހިފެހެއްޓުމަށްކަމަށް ވިދާޅުވިއެވެ.

އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަން ފަށާފައިވަނީ ފަނޑިޔާރުންގެ އޯޑިޔޯތަކުގެ މައްސަލައާއި މެމްބަރު ރާއީ ހުށައެޅުއްވި މައްސަލައިގެ ތެރެއިން ނެގި ގުރުއަތުގައި މިއަދު ކުރިއަށް ގެންދަވާނެ މައްސަލައަކަށް ރަސްފަރީ ފަރަށް ބޯޓު އެރި މައްސަލަ ހޮވުމުންނެވެ. މިއަދު މެމްބަރު ރާއީގެ މައްސަލައަށް ބަހުސްކުރުމަށްފަހު މާދަމާ އިދިކޮޅުން ހުށައެޅި މައްސަލައަށް ބަހުސްކުރުމަށް ތާވަލްކުރެވޭނެއެވެ.

އިދިކޮޅުން ހުށައެޅި މައްސަލަ ގުރުއަތުން ނުހޮވުނު ހިސާބުން މަޖިލީހުގައި ވަނީ އިހުތިޖާޖުތައް ފަށާފައެވެ. އަދި އެމްޑީޕީ މެމްބަރުން ބަހުސްކުރައްވާ ވަގުތު އެބޭފުޅުން ކައިރީގައި ތިއްބަވައިގެން އަންނަނީ އަޑުގަދަ ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: