ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ ޖަމީލް ރައީސް ނަޝީދަށް: ބޭރު ސިފައިން ތިބެން ރުހޭނަމަ މަޖިލީހަށްވެސް ބިދޭސީން ގެންނަންވީނުންތޯ

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބޭރުގެ ސިފައިން ތިބެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ރުހިވަޑައިގަންނަވާނަމަ މަޖިލީހަށް ބިދޭސީން ވެސް ގެންނަންވީ ނޫންތޯ ވިދާޅުވެ ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް ރައީސް ނަޝީދުއަށް މިފަދަ ގޮތަކަށް ފާޑުވިދާޅުވެ ޓުވީޓް ކުރައްވާފައި މިވަނީ އިންޑިޔާއާއި އޮސްޓްރޭލިއާއި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުގެ ސިފައިން ރާއްޖޭގައި ތިބެގެން ރާއްޖޭގެ މިނިވަންކަން ނުގެއްލޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި ޑރ ޖަމީލް ކުރެއްވި ޓުވިޓުގައި ވިދާޅުވީ ބޭރު ސިފައިން ތިބެން ރުހޭނަމަ މަޖިލީހަށްވެސް ބިދޭސީން ގެންނަންވީނުންތޯ ވިދާޅުވެ ރައީސް ނަޝީދުއަށް ސުވާލު އަމާޒް ކުރެއްވިއެވެ. އަދި  ހުރިހާ ބާރެއް ހޯއްދަވައިގެންވިޔަސް ސަރުކާރާއި ޕާޓީގައި ތިބި ކޮރަޕްޓް މީހުން އެކަހެރިކުރެއްވުމަށް ޑރ ޖަމީލް ރައީސް ނަޝީދަށް ގޮވާލެއްވިއެވެ.

މީގެއިތުރުން ޑރ ޖަމީލް ވިދާޅުވީ އިންފީރިއަރ ކޮމްޕްލެކްސިޓީގެ ބަޔަކަށް ދިވެހި ސިފައިން ވެގެން ނުވާނެ ކަމަށާއި ރައީސް ނަޝީދުގެ ޒިންމާއަކަށް ވާން ޖެހޭނީ އެއީ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. 

ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި ދެކޮޅަށް ގިނަ ބަޔަކު އަޑުއުފަލަން ފަށާފައި މިވަނީ އަވައްޓެރި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ގުޅިގެންނެވެ. އެގޮތުން އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ. ނަމަވެސް އެމްޑީޕީއަށް ނިސްބަޔްވާ ގިނަ މެމްބަރުން ބުނަމުން ދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރުއަރާނެ ކަމެއް ނޫން ކަމަށެވެ. މީގެއިތުރުން ދިވެހި އަސްކަރިއްޔާއިން ބުނެފައި ވަނީ ރާއްޖޭގައި އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރި ވަމުން ނުދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: