ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން މަސައްކަތް ކުރަނީ އައިއެސް އިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް: ރައީސް ނަޝީދު

ސުޕްރީމް ކޯޓުގެ ފަނޑިޔަރުން ބަދަލު ކުރުން: ރައީސް ނަޝީދު ވިދާޅުވީ އެއީ ޖުޑީޝަރީ އިސްލާހު ކުރުން ކަމަށް! - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ިދިކޮޅު ޕީޕީއެމް އިން ޕީއެންސީ ކޯލިޝަނުން މަސައްކަތްކުރަނީ އިސްލާމިކް ސްޓޭޓް (އައިއެސް،އައިއެސް) އިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ނަޝީދު އެތުހުމަތު ކުރެއްވީ ހޮނިހިރު ދުވަހު މާލޭގައި ބޭއްވި ސައިކަލް ބުރު ކުރިއަށް ދިޔަ ވަގުތު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެއެވެ.

ރައީސް ނަޝީދުގެ އެ މެސެޖުގައި ވިދާޅުވެފައިވަނީ ”އިންޑިއާ އައުޓް“ ގެ ނަމުގައި ހިންގާ ޙަރަކާތަކީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެންކުރާ ކަމެއް ކަމަށެވެ.

އިންޑިއާ އާއި ދެކޮޅަށް ހަރުކަށި ފިކުރުގެ ބަޔަކު ހިންގަމުން އަންނަ ހަރަކާތް ހިންގުމަށް އިދިކޮޅު ފަރާތްތަކުން ޖާގަދޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމް އާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގެންދަވަނީ ހަރުކަށި މީހުންގެ ނާޖާއިޒް ފައިދާ ނަންގަވަމުން ކަމަށެވެ. އެމަނިކުފާން ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންނަށް ޖާގަ ދިނުމަކީ ޕީޕީއެމުން ކުރާ ވަރަށް ނުރައްކާތެރި ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނީ އެކަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ހަރުކަށި ފިކުރާއި ގުޅޭގޮތުން އެކި ފަހަރުމަތިން ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް ނުހުއްޓުވިއްޖެ ނަމަ، ރާއްޖެ ހަރާބުވެދާނެ ކަމަށް 2019 ވަނަ އަހަރުގެ ފަހުކޮޅުވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެފަހަރު އެވާހަކަފުޅު ދެއްކެވީ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގެ ހުލާސާއެއް މަޖިލީހުގެ ތަޅުމުގައި އިއްވަވައި ދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ހިނގާ ދީނީ، ހަރުކަށި ފިކުރުގެ ހަރަކާތްތައް އަވަހަށް ތަހުގީގުކޮށް ހުއްޓުމަކަށް ނުގެނެވިއްޖެ ނަމަ، ރާއްޖެ ހަރާބުގެ މަގަށް ދާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުންނާއި ސިފައިން އަނެއް ފަލްސަފާ އަށް ލެނބި ”އަނދިރި ދައުލަތަށް“ ބައިއަތު ހިފާފައިވާ ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

އަނދިރި ދައުލަތަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި މީހުންންގެ ގޮތުގައި މިސާލު ޖައްސަވާ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން އަނދިރި ދައުލަތެއް ހިންގާ ކަމަށާއި ރާއްޖެ އިން ބޭރުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ދާ ސަބަބަކީ އެ ދައުލަތް ކަމަށެވެ.

”އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން ތިއްބަވާ ބޭފުޅުން، އަޅުގަނޑުމެންގެ އާންމު މަސްލަހަތު ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން މި މައްސަލަތައް ނުބައްލަވައި ދޫކޮށްލަވަނީ އެ ބޭފުޅުން އެ އަނެއް ފަލްސަފާ އަށް ލެނބެން ފަށައިފި. އަނދިރި ދައުލަތަށް ބައިއަތު ހިފައިފި،“ ނަޝީދު

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: