ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ހިދުމަތަށް ވެސް އައިއެސްއޯ ސެޓްފިކެޓް!

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގްވާމީ ފެންވަރަށް ފެނަކަ ކޯޕަރޭޝަންގެ ހިދުމަތްތަށް ސެޓިފައި ކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އެކުންފުނިން އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސެޓްފިކެޓާއި އައިއެސްއޯ 45001:2018 އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ސެޓްފިކެޓް ހާސިލް ކޮށްފައިވާ ކަމަށެވެ. ކޮލިޓީ މެނޭޖްމަންޓަކީ ބައިނަލްއަގްވާމީ ގޮތުން މުއައްސަސާތަކާއި ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރަނގަޅު ފެންވަރުގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވާލާފައިވާ މިންގަނޑުތަކެކެވެ. އަދި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީގެ މިންގަނޑަކީ މަސައްކަތުގެ މާހައުލުގައި އެކަށޭނެ މިންވަރަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވޭތޯ ބަލަން އެކުލަވާލާފައިވާ މިންގަނޑުތަކެކެވެ.

ބައިނަލްއަޤުވާމީ ގޮތުން މަސައްކަތުގެ މާހައުލުގައި އެކަށޭނެ މިންވަރަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން އެޅި ޢަމަލުކުރެވެމުން ދޭތޯ ބެލުމަށްޓަކައި އެކުލަވައިލެވިފައިވާ މިންގަނޑުތަކެއްވާ ކަމަށް ކުންފުނީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން އެ މިންގަނޑުތައް ފެނަކައިގެ ތެރޭގައި ގާއިމްކުރެވި އަދި ހިދުމަތް ދިނުމުގައިވެސް އެ މިންގަނޑުތަކަށް ފެތޭގޮތުން ދެފުށް ފެންނަހެން ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިދުމަތް ދިނުން ބައްޓަންކުރެވިފައި ވުމާއިއެކު މިހާރު އައި އެސްއޯއަށް ސެޓިފައިވެފައި ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިގެ ބަޔާނުގައި ބުނެފައިވަނީ އައިއެސްއޯއަށް ސެޓިފައި ވުމަށް ކުރެވުނު މަސައްކަތުން ކުންފުނީގެ ލަނޑުދަނޑި އާއި، އެ ހާސިލްކުރުމަށް މަސައްކަތް ކުރަން ޖެހޭ ގޮތުގެ އުސޫލުތަކާއި، ކުރެވޭ މަސައްކަތް ވަޒަންކުރާނެ މިންގަނޑުތަކާއި، މަސައްކަތްތަކާއި ގުޅުންހުރި މުހިއްމު މައުލޫމާތު އެއްކުރެވޭ ފޯމެޓްތަކާއި، ރިޕޯޓުތައް ހުށަހަޅަންޖެހޭ ފަރާތްތައް އަދި މަސައްކަތްތައް ބަލައި ޗެކު ކުރާނެ އިންތިޒާމް ހަމަޖެހި ޢަމަލު ކުރެވެމުންދާނެކަމަށެވެ.

މީގެ އިތުރުން ފެނަކައިން ބުނެފައިވަނީ އާ މިންގަނޑުގެ ދަށުން ކޮންމެ ޑިޕާޓްމަންޓަކަށްވެސް ހާސިލްކުރަންޖެހޭ ސްމާޓް ލަނޑުދަނޑިތަކެއް ކަނޑައެޅިފައި ހުރުމާއިއެކު، މި ލަނޑުދަނޑިތައް ކުންފުނީގެ ތަސައްވުރާއި، ވަކި ވަކި މުވައްޒަފުންގެ ކީ ޕާފޯމަންސް އިންޑިކޭޓާރސް އާއި ގުޅުވިފައި ހުންނާނެކަމަށެވެ.
އަދި މިއީ ފާއިތުވެ ދިޔަ މާޒީގައި އާއްމު ރައްޔިތުންގެ މެދުގައި ފެނަކަ އާއިމެދު ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދާ، ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދެފުށް ފެންނާނެހެން ނަޒާޙަތްތެރިކަމާއިއެކު ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ބުނެފައިވަނީ ކުންފުނީގެ ހިންގުމަށް އައި ފުރިހަމަ ބަދަލާއިއެކު ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ 2019 ވަނަ އަހަރު ކުންފުނީގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް އަރަނި ކުންފުންޏެއްގެ ގޮތުގައި ނަފާ ތައްގަނޑު ލިބުން ކަމަށެވެ. އަދި ކުންފުނީގެ ހިންގުމަށް ބަދަލުން ފާހަގަވި އެންމެ މުހިއްމު ކަމަކީ ޒިންމާދާރުކަމާއި އިހްމާލުވުމާހުރި ފަރަގުކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: