ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން އޮޑިޓް ކުރަން ހުށަހެޅީ ވައްކަން ކުރާ މީޙުން ހޯދަން: ރޮޒައިނާ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން އޮޑިޓް ކުރަން ހުށަހަޅައި އެކަން ފާސް ކުރީ ވައްކަން ކުރާ މީޙުން ހޯދަން ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޭ އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކުރި ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ކޮވިޑާ ގުޅިގެން ކުރި ހަރަދުގެ ކޮމްޕްލަޔަންސް ރިޕޯޓުގައި ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގާފައިވާކަން ފަޅާ އަރާފައެވެ.

މިކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑާ ގުޅިގެން ކުރާ ހަރަދުތައް ކޮންމެ ތިން މަހަކުން އެއް ފަހަރު އޮޑިޓް އާންމުކުރާ ގޮތަށް ހުށަހެޅީ އެމްޑީޕީން ކަމަށެވެ. އަދި އެމްޑީޕީގެ 65 މެންބަރުންގެ މެޖޯރިޓީ އޮތް މަޖިލީހަކުން އެ ގޮތަށް ފާސްކުރީ ވައްކަން ކުރާނަމަ ވައްކަން ކުރާ ބަޔަކު ހޯދަން ކަމަށެވެ.

”މިއީ ޕީޕީއެމްއާއި ޕީއެންސީ އިން ބުނެގެން ކުރި އޮޑިޓެއް ނޫން. އެމްޑީޕީ ވައްކަން ކުރަން ބޭނުން ނަމަ އެ ގޮތަށް ފާހެއް ނުކުރާނެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވައްކަމާ ދެކޮޅު، އޮޑިޓަ ޖެނެރަލްގެ އޮފީސް މިއަދު މިނިވަން،“ ރޮޒައިނާ ވިދާޅުވިއެވެ.

އެންޑީއެމްއޭގެ އޮޑިޓުން ދައްކާ ގޮތުގައި ފެސިލިޓީތަކުގައި ތިބި މީހުންނަށް ކާން ދިނުމަށް އަގު ކޮންޓްރޯލް ކޮށްފައިވާ ކާބޯތަކެތި ވެސް ގަނެފައިވަނީ އެއަށް ވުރެ ބޮޑެތި އަގުތަކުގައެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު ތަކެތި ވެސް އެ އިދާރާއާ ހަވާލުކުރި ފަހުން ވީނުވީއެއް ނޭނގޭ ކަން ހާމަވެފައިވެއެވެ. ކޮވިޑުގެ އޮޕަރޭޝަން ފްރަންޓްލައިނުގައި މަސައްކަތް ކުރާ ފަރާތްތަކާއި އަދި މި އޮޕަރޭޝަންއާއި ގުޅިގެން ހަރަކާތްތެރިވި އެހެނިހެން ފަރާތްތަކަށް މާލެއާއި ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި އެކަމޮޑޭޝަން ހަމަޖައްސާފައިވާއިރު ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ވާ ގޮތަށް އެއްބަސްވުމެއް ގާއިމްކޮށްފައި ނެތެވެ.

ދައުލަތުގެ މުއައްސަސާތަކުން ކޮވިޑް-19 އާ ގުޅިގެން ކޮންމެ ކުއާޓާއެއްގައި ކުރާ ޚަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އެކި މިނިސްޓްރީތަކުން ކުރި މަސައްކަތްތަކުގެ އޮޑިޓުތައް އާއްމުކޮށްފައިވާއިރު ހެލްތް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން ވަނީ ބޮޑެތި އޮޅުވާލުންތަކާއި ކޮރަޕްޝަންގެ އަމަލުތަކެއް ފެންމަތިވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: