ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި ގައިދީންގެ ގަޔަށް ބަޑި ޖަހަން ރައީސް މައުމޫން އަމުރުފުޅެއް ނުކުރައްވާ: އިބްރާހިމް ދީދީ

އިބްރާހިމް މުހައްމަދު ދީދީ-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރު 19، 2003 ގައި ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ގައިދީންގެ ގަޔަށް ބަޑި ޖަހަން އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަމުރު ކުރައްވާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެ ދެ ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާތައް ހިނގާފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައެވެ.

ސެޕްޓެމްބަރު 19، 2003 މާފުށީ ޖަލުގައި ވަނީ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މަރާލާފައެވެ. އެއާއިއެކު ޖެހިގެންއައި ސެޕްޓެމްބަރު 20 ވަނަ ދުވަހު ވަނީ ޖަލުގައި ހަމަނުޖެހުން ހިނގައި، އިޙްތިޖާޖުކުރި އިތުރު ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ.

އެ ދެ ދުވަހުގެ ހަނދާންތައް އިއްޔެއާ މިއަދު އާ ކުރަމުންދާއިރު، އެ ދުވަހު ޖަލުގައި ބަޑި ޖެހީ ޗީފް އިން ކޮމާންޑަރުގެ އަމުރުފުޅަށް ކަމަށް ތުހުމަތު ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވުމާ ގުޅިގެން އެކަން ދޮގު ކުރައްވައި އިބްރާހިމް ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަން ދިމާކުރި ގޮތުން އޭރު ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ އޮފިސަރަކަށް ހުންނެވީ އޭނާ ކަމަށާއި، ގައިދީންނާ ދެކޮޅަށް ނުރައްކާތެރި ހަތިޔާރު ބޭނުން ކުރުމަށް ރައީސް މައުމޫން އެއްވެސް އަމުރުފުޅެއް ނުކުރައްވާ ކަމަށެވެ.

“އެކަންވަނީ ތަހުގީގު ކުރެވިފަ، އެ ބަޔާންތައް ޕީޖީ އޮފީހުގައި ހުންނާނެ، ކުށްވެރިވި މީހުންނަށް ވަނީ ފިޔަވަޅު އެޅިފައި، އަޅުގަނޑު ނެތިން ޓްވިޓާގައި ތިކަންތައް ޑިސްކަސް ކުރާކަށް. ރައީސް މައުމޫން އެ ދުވަހު ބަޑި ޖަހަން އަމުރުފުޅެއް ނުކުރައްވާ.” އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އެދުވަހާއި ގުޅިގެން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި 2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގި ބަޑިޖެހި ހާދިސާގެ ޙަޤީޤަތް ރައްޔިތުންނަށް އަދިވެސް ސާފުވާން ޖެހިފައިވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: