ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި ބަޑި ޖެހި ހާދިސާއާ ގުޅޭ ހަގީގަތް ހާމަކުރެއްވުމުން މައުމޫންގެ ޝުކުރު އިބްރާހިމް ދީދީ އަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރު 19، 2003 ވަނަ އަހަރު މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ބަޑި ޖަހަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަމުރު ނުކުރައްވާ ކަމަށް ބްރިގޭޑިއާ ޖެނަރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވުމާ ގުޅިގެން މައުމޫން އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފިއެވެ.

އީވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި އަދި ބަޑިޖަހައި އިތުރު ގައިދީން މެރި ޖަރީމާއަށް 17 އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީގެ އާންމު މެމްބަރުން އަންނަނީ ރައީސް މައުމޫނަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

އެގޮތުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ޖަލުގައި ބަޑި ޖެހީ ރައީސް މައުމޫންގެ އޯޑަރަށް ކަމަށާއި ބަޑި ޖެހި މީހުން އުމުރަށް ޖަލަށްލީ ނަމަވެސް ބަޑިޖަހަން އޯޑަރު ކުރި މީހާ އުޅެމުންދަނީ އުފަލާއި އަރާމުގައި ކަމަށް ވިދާޅުވެފައެވެ.

ނިހާދުގެ މި ވާހަކަތައް ދޮގު ކުރައްވައި ދީދީ ވިދާޅުވީ މަޖިލީހުގެ މެމްބަރަކަށް ހުންވައިގެން އެފަދަ އިލްޒާމުތައް އަޅުވަން ނުވާނެ ކަމަށެވެ. އެގޮތުން އެ ދުވަހު އޭރު އެންއެސްއެސްގެ ޑިއުޓީ އޮފިސަރަކަށް ކަން ދިމާވި ގޮތުން ހުރީ އޭނާ ކަމަށާއި ޖަލުގައި ތިބި ގައިދީންނާ ދެކޮޅަށް ލީތަލް ހަތިޔާރު ބޭނުން ކުރަން މައުމޫން އަމުރުނުކުރައްވާ ކަމަށެވެ.

ދީދީގެ މި ވާހަކަތަކާ ގުޅިގެން މައުމޫން ވަނީ ހަގީގަތް ހާމަކުރެއްވީތީ ދީދީ އަށް ޝުކުރު އަދާކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.

އީވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ސިފައިން ތަޅައި އަނިޔާކޮށްގެންނެވެ. ޖަލުގައި ބަޑިޖެހި ހާދިސާ އައީ ޖެހިގެން އައި ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ. އެ ދެ ހާދިސާ އަކީ ވެސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ ފެށި އިސްލާހުގެ ހަރަކާތުގެ ފެށުމެވެ.

މައުމޫންގެ ސަރުކާރުން އީވާން މަރާލި މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމަށް ފަހު އެ މައްސަލާގައި 12 މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އޭގެ ތެރެއިން އީވާން މަރާލުމުގެ ކުށް ސާބިތުވެގެން 8 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ. އެއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ ހާދިސާއާ ގުޅިގެން މަރުގެ ހުކުމް އިއްވި ފަހުން ރާއްޖޭގައި ބަޔަކު މެރުމަށް ހުކުމް އިއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
48%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 24%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 0%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އެދުވަހު ޖަލުގައި ހުރި މީހަކު ބުނި އަޑު އެހިން. އެދުވަހު ބަޑި ނުޖަހާ ކޮންޓްރޯލް ނުކުރެވޭނެއޭ. ބަޑި ޖަހަން ޖެހޭ ދުވަހެކޭ އެއީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: