ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާރިސް އަށް ތާއީދު ކުރަނީ އުފަން ދަރިއެއްވީމައެއް ނޫން، އިހުލާސްތެރިއެއްވީމަ: މައުމޫނު

އެމްއާރުއެމްގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް އަދި ރައީސް ފާރިސް މައުމޫން.
ޝެއާރކޮށްލާ ކަހަލަދޯ؟

9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު ފާރިސް މައުމޫނަށް ތާއީދުކުރަނީ، އެއީ އުފަންދަރިއަކަށް ވާތީ ނޫންކަމަށް ރާއްޖޭގެ 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިންތިހާބުގައި ފާރިސް ވާދަ ކުރެއްވުމަށް ނިންމާފައިވާކަން އިއުލާންުކޮށ،ް އޭނާގެ ނަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައެޅީ ވަގުތު ކުޑަތައް ވެފައިވަނިކޮށެވެ. ނަމަވެސް އެމްއާރުއެމްއިން ވާދަ ކުރާނެކަމުގެ އަޑުތައް އޭރުވެސް ދިޔައީ އިވެމުންނެވެ.

ތާއީދު ކުރައްވާ ކެންޑިޑޭޓު ހާމަކުރެއްވުމުގެ ގޮތުން، އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި މައުމޫނު ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، ތާއީދު ކުރައްވަނީ ފާރިސްއަށްކަމަށެވެ. ފާރިސް އަށް ތާއީދު ކުރަނީ އުފަން ދަރިއަކަށްވީތީ ނޫންކަމަށާއި، ފާރިސް އުސޫލުތައް ބަލައިގަނެވޭތީކަމަށް މައުމޫނު ވިދާޅުވިއެވެ. އެގޮތުން ފާރިސްވެސް ގަބޫލުކުރަނީ، އެމަނިކުފާން ގަބޫލު ކުރައްވާ އުސޫލުތައްކަމަށް ވިދާޅުވިއެވެ. އަދި އަނެއް ސަބަބުގެ ގޮތުގައި ވިދާޅުވީ މީގެ ކުރިން ސިޔާސީ ކަންކަމުގައި ފާރިސް އެމަނިކުފާނަށް އެހީތެރިވެދީފައިވުމެވެ.

ފާރިސް މައުމޫނަށް އަޅުގަނޑު ތާއިދު ކުރަނީ އޭނާއަކީ އަޅުގަނޑުގެ އުފަން ދަރިއަކަށްވީތީއެއް ނޫން. އަޅުގަނޑު ފާރިސަށް ތާއިދު ކުރަނީ އޭނާ އަޅުގަނޑު ގަބޫލު ކުރާ އުސޫލުތައް ގަބޫލު ކުރާތީ. އަޅުގަނޑު މީގެ ކުރިންވެސް ކުރި ސިޔާސީ މަސައްކަތުގައި އަޅުގަނޑަށް އެހީތެރިވެދީފައިވާތީ.

މައުމޫނު ވިދާޅުވިއެވެ.

މައުމޫނު ވިދާޅުވީ ފާރިސްއަކީ ވެރިއެއްގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް އަދާކުރެވޭނެ، ގާބިލުކަން ހުރި ބޭފުޅެއްކަމަށެވެ. އަދި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ފާރިސް ވަނީ މިކަން ސާބިތުކޮށްދެއްވާފައިކަމަށާއި، ވާހަކަދައްކަވާފައިވަނީ ގައުމަށް ފައިދާ ހުރި ކަންކަމުގައިކަމަށް މައުމޫނު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އަދަބުތަކާއި ކުރިމަތިލާން ޖެހުނުއިރުވެސް، ފާރިސްގެ ހިތްވަރަށް ބަދަލު ނާންނަކަމަށް މައުމޫނު ވިދާޅުވިއެވެ.

ފާރިސް އާއި ވެރިކަން ހަވާލުކޮށްފި ނަމަވެސް ހުންނާނީ މިފަދަ ހިތްވަރެއްގައިކަމަށް މައުމޫނު ވިދާޅުުވިއެވެ. ފާރިސްއަކީ އަމިއްލަ މަންފާއަށްޓަކައި ގައުމު ވިއްކާލާ. ދޮގު ހަދާ އޮޅުވާލާނެ މީހެއް ނޫންކަމަށާއި، ފާރިސްއަކީ އިހުލާސްތެރި ބޭފުޅެއްކަމަށް މައުމޫނު ވިދާޅުވިއެވެ. އަދި އެދިވަޑައިގެންނެވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފާރިސްއަށް ވޯޓު ދެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: