ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާރިސްވެސް ނިއުޓްރަލް!

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް އަމިއްލަ ގޮތުން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރުއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސްވަނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އަދި ޑރ މުހައްމަދު މުއިއްޒުއަށްވެސް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، މަޝްވަރާ މަސައްކަތްތަކެއް ކުރެއްވީ، އެ ޕާޓީތަކާއި ދެމެދު އެއްބަސްވެވިދާނެކަންކަން ދެނެގަތުމުގެ ގޮތުންކަމަށެވެ. ފާރިސް ވިދާޅުވީ، ގައުމުގެ ހިންގުންތެރިކަން އިތުރުކުރުމުގެ ގޮތުން މައި ދެ ކެންޑިޑޭޓުންގެ މެނިފެސްޓޯއަށްވެސް އިތުރުކުރެވޭތޯވެސް މަސައްކަތްކުރެއްވިަކަމަށެވެ.

އެހެންނަމަވެސް ގައުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ބޮޑު ޕާޓީއެއްގެ ކެންޑިޑޭޓަކަށް އުނދަގޫތަކެއް ހުންނާނެ ކަމަކަށްވުމުންނާއި ޕާޓީތަކުގެ މާލީ ކަންކަން ބައްޓަން ކުރެވިފައިވާގޮތުން ވަކި ކޮޅަކަށް ޖެހިތިބުން ފަދަ ކަންކަމުގެ ސަބަބުން އެއްވެސް މީހަކަށް ތާއީދު ނުކުރުމަށް ނިންމިކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: