ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއުޒިކު ކުޅުމާއި، ލަވަކިޔުން ހަރާމެއް ނޫން: މައުމޫން

ޝެއާރކޮށްލާ ކަހަލަދޯ؟

ލަވަކިޔުމާއި މިއުޒިކު ކުޅުމާކީ ހަރާމްކަންކަން ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގައި ތިރީސް އަހަރުގެ ވެރިކަމެއް ކުރައްވާފައިވާ ރައީސް މައުމޫނު، އެ މަނިކުފާނު 2021 ވަނަ އަހަރު ތެރޭގައި ލިއުވާފައިވާ މަޒުމޫނު “ހަރާމްވާނީ ހަމައެކަނި މާތް ﷲ ހަރާމްކުރެއްވި ކަންތައްތަކެވެ.” ގެ ސޮފުހާތަކަކެއް ޓްވީޓު ކުރައްވާ ވިދާޅުވީ، މިއީ އިސްލާމް ދީނުގައި ހަރާމް ކުރެވިފައިވާ ކަންތައްތަކަކީ ކޮބައިކަމާއިމެދު، އޮޅުންތަކެއް އަރާ ފަދައިން ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއް ކަމުން، އެކަން ކަމުގެ ހަގީގަތް ބަޔާން ކުރުމުގެ ނިޔަތުގައި އެ މަނިކުފާނު އެ ލިޔުން ހިއްސާ ކުރެއްވީ ކަމަށެވެ.

ރައީސް މައުމޫނު ލިޔުއްވާފައިވާ މަޒުމޫނުގައި ވާގޮތުން، އެމަޒުމޫނުގައި ވަނީ ގައުމީ އަދި އިޖުތިމާއި މުނާސަބުތައް ފާހަގަކުރުމާއި، އިންސާނީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި، އުފަން ދުވަސް ފާހަގަކުރުމާއި، އެކިއެކި ކުޅިވަރު ކުޅުމާއި، މުނިފޫހި ފިލުވަންކުރާ ކަންކަމާއި، ލަވަކިޔުމާއި، މިއުޒިކް ކުޅުން ފަދަ ކަންކަމަކީ ހަރާމް ކަމެކޭ ބުނާނެ ތަނެއް ނެތް ކަމަށެވެ. އެހެންނަމަވެސް އެފަދަ ކަމެއް ކުރުމުގެ ތެރޭގައި ހަރާން ކަމެއް އެކުލެވިގެންވާނަމަ،  ނުވަތަ އެކަމަކީ ހަރާން ކަމަކަށް އަރައިގަތުމަށް ބޭނުންކުރެވޭ ވަސީލަތަކަށް ވާނަމަ، އެކަމެއް ހަރާން ވާނެ ކަމަކީ ޝައްކެއްވެސް ނެތް ކަމެއް ކަމަށެވެ.

“އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ހަރާމްކަމެއް އެކުލެވިގެންވާ ނަމަ ނުވަތަ އެކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތަކަށްވާ ނަމަ އެކަމެއް ހަރާމްވާނެކަން ޔަގީން ކަމެކެވެ.” މައުމޫން

މިސުރުގެ އަޒްހަރު ޔުނިވާރސިޓީއިން ކިޔާވާ ވިދާޅުވެފައިވާ ރައީސް މައުމޫނު، މިއުޒިކަކީ އޭގެ ޒާތުގައި ހަރާމް އެއްޗެއް ނޫންކަމަށް ވިދާޅުވެފައިވާއިރު، އެކަމާއި ގުޅިގެން ދިވެހި މުޖުތަމައުގެ ތެރޭގައި އަދި ސޯޝަލް މީޑިއާގައިވެސް ދެކޮޅަށްވެސް ބަހުސްކުރެވެއެވެ. އަދު އީދު ކައިރިވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ގިނަ ރަށްތަކުގައި ކުލަގަދަކޮށް އީދު ފާހަގަ ކުރަން ނިންމާފައިވާތީ ދީނީ ޖަމިއްޔާތަކުން އަންނަނީ އެކަން ކުށްވެރި ކޮށް ވާހަކަ ދައްކަމުންކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: