ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރު ކަމުގައި ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު އާންމުކުރެއްވީ ”ހުސް“ ނަންބަރު ޖަހާފައިވާ ލިސްޓެއް ކަމަށާއި ލިސްޓުގައި ތިބި ބައެއްގެ ނަން މަޖިލީހަށް ވެސް ހިއްސާ ނުކުރި ކަމަށް ވިދާޅުވެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ ”ހިޔާ“ މަޝްރޫއުގެ ފްލެޓްތަކުގެ ތެރޭގައި ހިމެނޭ މާލެ ދަފްތަރު ކެޓަގަރީއަށް ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓާ ގުޅޭ ގޮތުން މުއިއްޒު ސުވާލު އުފެއްދެވުމުންނެވެ. އެގޮތުން މުއިއްޒު ވަނީ އެކުގައި، އެއް ތަނެއްގައި އުޅޭ ދެމަފިރިންނަށް އެކަކު އަނެކަކަށް ތަފާތުކޮށް ދިރިއުޅުމުގެ ހާލަތުގެ ޕޮއިންޓް މި ސަރުކާރުން މި ދެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
މުއިއްޒު އަށް ރައްދު ދެއްވައި ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ލިސްޓު ނެރެފަ، ކަންބޮޑުވުން ފާޅުކުރުމުގެ ފުރުސަތު އެބަދޭ ކަމަށެވެ. އަދި އެ ލިސްޓުން މުއިއްޒު އަށް އެއްޗެއް އެބަ އޮޅުންފިލާ ނޫންތޫ ރޮޒައިނާ ސުވާލު ކުރެއްވިއެވެ.
”ހަނދާން އެބަ ހުރިތޯ މުއިއްޒު ހުސް ނަންބަރު ޖަހާފަ ނެރުނު ލިސްޓު؟ މަޖިލީހުން އެދިގެން ވެސް އޭގަ ތިބި ބައެއްގެ ނަން ނުދިން، ލަދު ކޮބައި މިއަދު އަނގަ ހުޅުވަން؟“ ރޮޒައިނާ ވިދާޅުވިއެވެ.
Mi sarukaarun list nerefa, kanboduvun faalhukurumuge furusathu ebadheynun. @MMuizzu ah thi listun ehcheh eba olhun filaa noontho. Handhaan ebahuritho Muizzu hus number jahaafa nerunu list? Majleehun edhigen ves eyga thibi baehge nan nudhin! #ladhukobaa miadhu angahulhuvan? https://t.co/mL5Pgh9Wn2
— ???????? ???????????????????????????? ???????????????? ???? (@Roxeyna) September 20, 2020
ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކުރަމުންނެވެ.
އެ ކޮމެޓީ އިން ވަނީ އެ9 ކެޓަގަރީގެ ލިސްޓު އާންމުކޮށް، ޕްއިންޓު ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޝަކުވާތައް ހުށަހެޅުމަށް ހުޅުވާލައިފައެވެ.
ލިސްޓުގައި ފްލެޓަށް ހުށަހެޅި މީހުންގެ ވަނަވަރާއި ޕޮއިންޓް ލިބިފައިވާ އަދަދު އަދި ކުރިން ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ވެސް ވަނީ ހިމަނައިފަ އެވެ.

