ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާއާ ގުޅޭ ދެ މައްސަލައެއްގެ ފުލުހުން ތަހުގީގު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް އިތުރު ތުހުމަތުތަކެއްކޮށް ފުލުހަށް ހާޒިރުކޮށްފައިވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ބޭންކް އެކައުންޓުތަކުގައި ހުރި ފައިސާތަކާއި ގުޅޭ ދެ މައްސަލައެއް މިހާރުވެސް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރަކުން ފްރީޒްކުރި ޔާމީންގެ ބޭންކު އެކައުންޓްތައް ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމާ ގުޅިގެން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު ޙުޞްނުއްސުއޫދު ވަނީ ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާތަކުގެ މައްސަލަ ތަހުގީގު ކުރަމުންދޭތޯ ފުލުހުންނާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލުގައި ފުލުހުން ބުނީ ރައީސް ޔާމީންގެ އަށް އެކައުޓެއްގައި ހުރި ފައިސާތަކާއި ގުޅޭ ދެ މައްސަލައެއް މިހާރުވެސް ތަހުގީގް ކުރަމުންދާކަމަށެވެ. ނަމަވެސް އެއީ ކޮން ދެ މައްސަލައަކާއި ގުޅުންހުރި ފައިސާތަކެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިއާއެކު ރައީސް ޔާމީން ވަނީ ފުރުސަތަކަށް އެދިވަޑައިގެން އެއީ ރަނގަޅު މައުލޫމާތުތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޔާމީން ވިދާޅުވީ ފުލުހުން ތަހުގީގުތަކެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެއްވެސް ބޭންކެއްގައި ހުރި ފައިސާއަކާ ގުޅޭ ތަހުގީގެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ފުލުހުން ވަކި މައްސަލައަކާއި ގުޅިގެން ވަރަށް ޖެނެރަލް ތަހުގީގެއް ހިންގަމުންދާކަމަށާއި، ވަކި ކަމާ ގުޅިގެން އެއްވެސް އެކައުންޓެއްގައި ހުރި ފައިސާގެ ތަހުގީގެއް ފުލުހުން ހިންގަމުން ނުދާކަމަށް ޔާމީން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ. މި މައްސަލައިގައި ސުއޫދުގެ އިތުރުން ދެން ތިއްބެވި ދެ ފަނޑިޔާރުންނަކީ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: