ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިވެންޓުގައި ޝާހިދު ބައިވެރިވީ އެޗްޕީއޭގެ ހުއްދަޔާއެކު: މިނިސްޓްރީ

ފޮރިން މިނިސްޓަރ އަބްދިﷲ ޝާހިދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އިން އިއްޔެ ރާއްޖެއަށް ދިން 250 މިލިއަން ޑޮލަރުގެ ބަޖެޓު ސަޕޯޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބިގެން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ބައިވެރިވެފައިވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައަކާއި އެކު ކަމަށެވެ.

މީގެއިތުރުން މި ހަފްތާއާއި އަންނަ ހަފްތާގައި ވެސް މުހިންމު ބައްދަލުވުންތައް އޮތުމުން، އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް  ވެސް އެޗްޕީއޭއިން ހާއްސަ ހުއްދައެއް ދީފައިވާކަމަށެވެ.

ފޮރިން މިނިސްޓްރީން މިފަދައިން ބުނެފައި މިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައި ވަނިކޮށެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ބޭރަށް ޒިޔާރަތް ކުރުމަށްފަހު ގައުމަށް އެނބުރި އަންނަ ރައްޔިތުން 14 ދުވަހުގެ ކަރަންޓީނުގައި އެކަހެރިވެ ހުންނަން ޖެހޭ އުސޫލަށް ސަރުކާރުން އިސްވެރިން އަމަލު ނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: