ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު މާލެ ވަޑައިގެން ކަރަންޓީނަށް

ރައްޔިތުންމަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

މީޑިޔާތަކަށް މައުލޫމާާތު ދެއްވަމުން މަޖިލީހުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރައީސް ނަޝީދުު ރާއްޖެއިން ބޭރަށް ކުރެއްވި އަމިއްލަފުޅު ދަތުރުފުޅަށް ފަހު  ރާއްޖެ ވަޑައިގެން މިވަގުތު ހުންނެވީ ކަރަންޓީނުގައި ކަމަށެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ވަނީ ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމަށް ބޭއްވި ބައްދަލުވުމުގައިވެސް ވާހަކަފުޅު ދައްކަވާފައެވެ. ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޔޫރަޕިއަން ޔޫނިއަންގެ ހައިލެވެލް ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ވާޗުއަލްކޮށްް ޖަލްސާތައް ބޭއްވުމަށްފަހު މަޖިލީހުގެ ތަޅުމަށް ޖަލްސާތައް ބަދަލުކުރި ސަބަބަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށް ގެންދިޔުމުން މާ ފޯރިގަދަ ކަމަށާއި އާންމުންގެ ޝައުގުވެރިކަން މަޖިލީހަށް ލިބެނީ ތަޅުމުގައި މަޖިލިސް ކުރިއަށް ގެންދިޔުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރަށް،  ކްލައިމެޓް ވަލްނަރަބްލް ފޯރަމް(ސީވީއެފް)ގެ ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންގެ މަސައްކަތްވެސް ރައީސް ނަޝީދު ފެއްޓެވީ އިނގިރޭސިވިލާތުގައި ހުންނަވައިގެންނެވެ. އެގޮތުން، ރައީސް ނަޝީދު ވަނީ ބަންގްލަދޭޝް ސީ.ވީ.އެފް.ގެ ޕްރެޒިޑެންސީ ސްޕެޝަލް އެންކޯއި މރ. ޢަބްދުލް ކަލާމް އާޒާދުއާއި، ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ފޮރެސްޓް، އެންޑް ކްލައިމެޓް ޗޭންޖްގެ ބޭފުޅުންނާއި، ސީ.ވީ.އެފް. ޕްރެޒިޑެންސީއާއި އެ އިދާރާގެ ބޭފުޅުންނާއި އަދި، ދަ ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަންގެ ބޭފުޅުންނާއި އޮންލައިންކޮށް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ކޮވިދް-19ގެ ހާލަތުގައި ރައީސް ނަޝީދު މީގެ ކުރިންވެސް އިނގިރޭސިވިލާތަށް ވަޑައިގެން ކަރަންޓީނުނުވި މައްސަލާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމަށް ގިނަ ބައެއްގެ ފާާޑުކިޔުން އަމާޒުވާން ފެށުމުން، މަޖިލީުގެ އިދާރާގައި ރައީސް ނަޝީދު އިންވަނިކޮށް، އެތަނަށް ގޮސް ރައީސް ނަޝީދުގެ ސާމްޕަލް ވަނީ ނަގާފައެވެ. އެސާމްޕަލް ވަނީ ކޮވިޑަށް ނެގެޓިވްކަމަށް ދައްކާފައެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: