ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބަދުވެސް މާލެ ރައްޔިތުންނަށް ބޯ ހިޔާވަހިކަން ހޯދައިދިނުމުގައި ދެމި ހުންނާނަން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އަބަދުވެސް މާލެ ރައްޔިތުންނަށް ބޯ ހިޔާވަހިކަން ހޯދައިދިނުމުގައި ދެމި ހުންނާވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްވަނގޯޅި މެދު ދާއިރާގެ މެމްބަރު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީގުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ 2024 ވަނަ އަހަރުގެ ބަޖެޓް ބަހުސް މަރުހަލާގައި ވާހަަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގ ސަރުކާރުން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ބޭނުންކޮށްފައިވާ ލިޔެކިޔުމާއި ޗާޓުތަކަކީ ބިލާހެއްކަމަށާއި، އެއީ ސިހުރު ހާހޫރަކަމަށް ވިދާޅުވިއެވެ. އެއީ ބޯހިުާވަހިކަމުގެ މަޝްރޫއެއް ނޫންކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ޕިކަޕަކަށް އަރާ ހުރެ ވެސް އެމަނިކުފާނު ވާނި މާލޭގެ ރައްޔިތުނަށް އެ ވާހަކަ ދަންނަވާފައިކަމަށް ވިދާޅިވިއެވެ. އޭރުވެސް ވިދާޅުވަމުން ގެންދިޔައީ ރައީސް ޞާލިހް މާލޭ ރައްޔިތުން ގަޅަ ހައްދަވަނީ ކަމަށް ވިދާޅުވެފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރައީސް ޞާލިހް ސަރުކާރުން މާލެ ސިޓީ ކައުންސިލްގެ ބަހެއް ނެތި މާލެ ފޮތި ފޮތިކޮށް ބަހާލީކަމަށް ވިދާޅުވިއެވެ. އަދި މިއީ ކަނޑައެޅިގެން ޤާނޫން އަސާސީގައި ބަޔާންކޮށްފައި އޮތް ގޮތާއި ހިލާފަށް ކޮށްފައިވާކަމެއްކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަކީ މާލެ ސިޓީ ކައުންސިލުްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭކަމެއްކަމަށާއި މިކަން ކުރަން ޖެހޭނީ ވެސް އެ ކައުންސިލްއިންކަމަށް ރައީސް ނަޝީދު ފާހަގކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: