ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން ޕީޖީއާ މަޝްވަރާ ކުރަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ މީގެ ކުރިން ރާއްޖެ އޮތީ އެންމެ ގޯސް ހާލަތަށް ވެސް ތައްޔާރަށްކަމަށް ވިދާޅުވީ އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ދައުވާކުރަން ފޮނުވުމުގެ ކުރިން ޕްރޮސިކިއުޓަ ޖެނެރަލްގެ މަޝްވަރާކުރަން ފޮނުވައިފިއެވެ.

ފުލުހުން ބުނީ ފުލުހުން ތަހުގީގުކުރާ މައްސަލަތައް ޕީޖީގެ މަޝްވަރާއަށް ފޮނުވަނީ، ތަހުގީގު ފުރިހަމަކޮށް ދައުވާ އުފުލުމުގެ ކުރިން، އިތުރު ކަމެއް ފުރިހަމަކުރަން އޮތްތޯ ބެލުމަށެވެ.

މި މައްސަލާގައި އަލީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާންވެސް ނަގާފައެވެ. ފުލުހުން ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމުގެ މަސައްކަތް ޕީޖީގެ މަޝްވަރާއާ އެކު ކުރިޔަށްދާ ކަމަށެވެ.

މި ތުހުމަތުތަކާއެކު އަލީ ވަހީދު މަގާމުން ވަކިކުރައްވާފައިވާއިރު، ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ ގެ ބަލައިފާސްކުރުމަށްފަހު ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

އަލީ ވަހީދާއި ގުޅޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ޓުއަރިޒަމް މިނިސްޓްރީގައި އޭނާ ހިންގާފައި ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ގުޅޭ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސް ސޯލިހުގެ އިތުރުން ޖެންޑަރ މިނިސްޓްރީ އަށް ވެސް ހުށަހަޅާފައެވެ.

އަލީ ވަހީދު މަގާމުން ވަކިކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން މިހާރު ހަވާލުކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއެވެ.

މިއީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: