ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެންމެ އިސް ވެރިއަކަށް ހުންނަވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ ހަމަޖައްސަވައިފިއެވެ.

މި މަގާމަށް އާ ބޭފުޅަކު ހަމަޖެއްސުމާއި އެކު ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރުގެ މަގާމު ވަނީ ގެއްލިފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހްގައިވާ ގޮތުގެ މަތިން މިހާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުން ދަނީ ޖޭއެސްސީގެ ދަށުންނެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމާ މަސްއޫލިއްޔަތު މިހާތަނަށް އަދާކުރައްވަމުން ގެންގޮސްފައިވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ހުންނެވި އަބްދުﷲ ނަޒީރުއެވެ.

ޖޭއެސްސީގެ ޤާނޫނުގައި ބުނެފައިވަނީ އެ އިސްލާހަށް އަމަލު ކުރަން ފެށުމާއެކު ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމު އުވޭނެ ކަމަށާއި އެހެން ނަމަވެސް ޖުޑީޝަލް އެޑް މިނިސްޓްރޭޓަރގެ މަގާމުގައި ހުންނެވި ބޭފުޅަކު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ބޭފުޅަކު ހަމަ ޖައްސަންދެން އެ މަސްއޫލިއްޔަތު އަދާ ކުރައްވަން ވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: