ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ޖީލުގެ އަންހެން ކުދިންނަށް ދައްކަން ބޭނުމީ ކުރިޔަށް ދާން ހުރިހާ ފުރުސަތެއް އޮތްކަން: ހިސާން

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަރީގައި މަސައްކަތް ކުރަމުންދަނީ އަންހެނުންނާއި ފިރިހެނުން އެއްފައިތިލައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަ ކުރަމުންގެންދާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖޭއެސްސީގެ ފަރާތުން އާންމު ކޮށްފައިވާ ވީޑިއޯ މެސެޖެއްގައެވެ.

ހިސާން އިތުރަށް ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބަލާއިރު އަންހެން ފަނޑިޔާރުންގެ އަދަދު ސަތޭކަ އިންސައްތަ އިތުރުކުރެވިފައިވާ ކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިޖީލުގެ އަންހެންކުދިންނަށް ދައްކުވައިދޭން ބޭނުންވަނީ ތިމާ ކުރަން ބޭނުން ކަމެއް ތަފާތު ކުރުމެއްނެތި ކުރަން ފުރުސަތު އޮތްކަން ކަމުގައި ހިސާން ވިދާޅުވިއެވެ.

މިސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅުން އައްޔަން ކޮށްފައިވަނީ ގިނަ ބައެއްގެ ފާޑު ކިޔުން ތަކަކާއި އެކު ކަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ވެސް އަންހެން ގާޒީން ވަނީ އައްޔަން ކޮށްފައެވެ.

މީގެ އިތުރުން އަންހެނުންގެ ދުވަހާއި ގުޅިގެން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ ހިތޯބްގައި ވިދާޅުވެފައިވަނީ އަންހެނުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރަން ޖެހޭ ކަމުގައެވެ.

މިއަހަރުގެ އަންހެނުންގެ  ދުވަހުގެ ޝިޔާރެއް ކަމުގައި ޔޫއެން ވިމެން އިން ކަނޑައަޅާފައިވަނީ ދެމެހެއްޓެނިވި މާދަމާއަކަށް، މިންތީގެ ހަމަހަމަކަން މިއަދު އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: