ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިސާން ވެސް “އެމްޑީޕީ ހިންގާލަން” ޓީމާއި އެކު ބ. އަތޮޅުގެ ރަށްތަކަށް!

ފައްޔާޒާއި ރޮޒެއިނާ ތުޅާދޫއަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދެންނެވީ ހިސާން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިންގެ ފޯރިގަދަވެފައި ވަނިކޮށް، ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައިސް ހިސާން ހުސެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ކެމްޕެއިނާއި ގުޅިއްޖެ އެވެ.

އަންމަ މޭއި މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފައްޔާޒް ޕާޓީގެ ޗެއާޕާސަނަކަށް ވާދަ ކުރައްވާއިރު ރޮޒެއިނާ ވާދަ ކުރަނީ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށެވެ. ދެ ބޭފުޅުން ވެސް މަގާމަށް ވާދަ ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު އެވެ. ދެން މި ދެ މަގާމަށް ވާދަ ކުރަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ސަފާތު އަހުމަދެވެ.

ރާއްޖޭގެ ރަށްތަކަށް ދަތުރުކޮށް ތާއީދު ހޯދުމަށް ކުރަމުންދާ ކެމްޕެއިނުގެ ތެރެއިން ފައްޔާޒާއި، އިންތި ދެ ބޭފުޅުންގެ ޓީމުތައް ވެސް ތިއްބެވީ ބ އަތޮޅުގަ އެވެ.

އިއްޔެ އާއި މިއަދު ފައްޔާޒް ތުޅާދޫގައި ކެމްޕެއިނަށް ޑޯޓުޑޯ ހަރަކާތްތްއް ކުރިޔަށް ގެންދާއިރު، ޓީމު ރަށަށް ވަޑައިގަތުމުން ބަނދަރު މަތީން އެންމެ ފުރަތަމަ ވެސް މަރުހަބާ ދެންނެވީ ހިސާނެވެ. އެއަށް ފަހު ހިސާން ދަނީ އެ އަތޮޅުގެ ރަށްތަކަށް ފައްޔާޒާއި އެކު ދަތުރު ކުރައްވަމުންނެވެ.

މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ހިސާން، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނީ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ހާއްސަކޮށް އެމަނިކުފާނުގެ ވެރިކަން ބަދަލުވެ، އެއީ ބަޣާވާތެއްގެ ގޮތުގައި ބުނެ އެމްޑީޕީން ކުރި މަސައްކަތުގައި ގާނޫނީ ލިޔެކިއުންތައް ތައްޔާރު ކުރުމާއި އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން އަބްދުﷲ ގާޒީ “ވަގަށް ނެގި” ކަމަށް ބުނެ ޓެރަރިޒަމްގެ ކުށުގައި ޖަކު ހުކުމެއް އިއްވުމުން ވެސް ގާނޫނީ ވަކީލުކަން ކުރެއްވި ހިސާނެވެ.

ހިސާން 2017، 2018 ގައި ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ ހައްޔަރީންގެ ވަކީލުކަމާއި، އަދި އިންތިހާބު ބާތިލު ކުުރުމަށް ކޮންގްރެސް ކޯލިޝަނުން ހުށަހެޅި މައްސަލައިގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތަދައްހުލްވި ގާނޫނީ ޓީމުގައި ހިމެނެ އެވެ.

ކެމްޕެއިނުގައި ހިސާން ބައިވެރިވާ ފޮޓޯތައް ހިއްސާކޮށް، ފައްޔާޒާއި ރޮޒެއިނާގެ ކެމްޕެއިން ޓީމުން ވަނީ ދެން ހިސާން އެމްޑީޕީ އާއި ރައީސް ނަޝީދަށްޓަކައި ކުރެއްވި އެއްވެސް މަަސައްކަތެއް ބަޔަކަށް ނުފެންނާނެ ކަމަށެވެ. އަދި އެ މީހުން ހިސާން ސިފަ ކުރާނީ، ފަހު ވަގުތު ރައީސް ނަޝީދު ދޫކޮށްލެއްވި ބޭފުޅެއްގެ ގޮތުގައިކަން ފާހަގަ ކުރި އެވެ.

ރައީސް ނަޝީދާއި އަރިސްކަމަށް ބެލެވުނު ހިސާނަކީ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ބިލު ހުށަހެޅުއްވި މެމްބަރެވެ. އެ ބިލަަށް ތަފާތު އެކި ނަންތައް ދީ، އިދިކޮޅާއި ދީނީ އިލްމުވެރިން ބަސްތައް ބުނަމުން ދިޔައިރު ވެސް ސަރުކާރުން ހިސާން ދިފާއު ނުކުރާކަމަށް ބުނެ އެކަމަށް އެންމެ ބޮޑެތި ފާޑުކިއުން އަމާޒު ކުރީ ވެސް މިވަގުތު އިންތިގެ ކެމްޕެއިނުގައި ހަރަކާތްތެރިވާ މެމްބަރުންނެވެ. އޭރު ރައީސް ސޯލިހާއި އަރިސް ބޭފުޅުން ވިދާޅުވަމުން ގެންދެވީ ބިލުގައި އަދިވެސް އިސްލާހު ކުރަން ޖެހޭ ކަންތަކެއް ހުރި ކަމަށެވެ.

އެތެރޭގެ އިންތިހާބާއި އެކު ޕާޓީގެ އެތެރޭގައި ބޮޑެތި ބައިބައިވުންތައް އުފެދި، މަޖިލީހާއި ވަޒީރުން، އަދި ކުންފުނިތަކުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެމްޑީޕީގެ ގައުމީ މަޖިލީސް ވަނީ ދެބައި ވެއެވެ. ތަފާތު އެކި ބައްދަލުވުވުންތަކުގައި އާއި ސޯޝަލް މީޑިއާގައި ސީދާ ގޮތެއްގައި އާއި އަދި ނުސީދާ ގޮތެއްގައި ވެސް ކިޔާ ފާޑުކިއުންތައް އިތުރުވެ އެމްޑީޕީ އެތެރޭގެ މަސްލަހަތު ވަރަށް ބޮޑަށް އޮތީ ގޯސްވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: