ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒް ޒުވާނުންނާއި ބައްދަލު ކުރައްވައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ޒުވާނުންނާއި ބައްދަލު ކުރައްވައިފިއެވެ.

ސީހައުސްގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ފައްޔާޒް ޒުވާޏުންނާއި ބައްދަލު ކުރައްވާ ވަނީ ޒުވާނުންގެ ޝަކުވާތަށް އޭނާގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި ޒުވާނުންނާއި ވަކިވަކިންވެސް ފައްޔާޒް ވަނީ ބައްދަލުކުރައްވާ އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ މެނިފެސްޓޯގައި ޒުވާނުންނަށް ހިމަނައިފައިވާ ކަންކަން ކިޔާދެއްވާފައެވެ.

ރައީސް ދެވަނަ ބުރަކަށް އިންތިހާބު ވެއްޖެނަމަ ޒުވާނުންނަށް ކޮށްދެއްވާނެ ގިނަ ކަންކަމާއި މެދު މަޝްވަރާ ކުރައްވާފައިވެއެވެ. ފައްޔާޒް ޒުވާނުންނާއި ބައްދަލު ކުރައްވާ އެމްޑީޕީގެ މެނިފެސްޓޯގެ ޒުވާނުންނަށް ހާއްސަކުރެވިފައިވާ ބައި ވަނީ އިއުލާންކޮށްފައެވެ. ސީހައުސްގައި ބޭއްވި އެ ކެމްޕެއިން ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައި ވެއެވެ.

އިންތިހާބުގެ ފުރަތަމަ ބުރަށް އެމްޑީޕީން ބޮޑަށް އަތޮޅުތެރޭގައި ކެމްޕެއިން ކުރި ނަމަވެސް ދެވަނަ ބުރުގައި ކެމްޕެއިން “އުކުޅުތައް” ބަދަލުކޮށް އެމްޑީޕީގެ ޓީމުތަކުން ބޮޑަށް ކެމްޕެއިން ކުރަމުން ދަނީ މާލޭ ސަރަހައްދުގައެވެ. މާލޭގައި ޑޯޓުޑޯގެ ހަރަކާތްތަކާއި ކަންމަތީ ބައްދަލުވުންތައް ގަވައިދުން ދަނީ ބާއްވަމުންނެވެ. ރައީސް ސޯލިހް ގިނަ ބައްދަލުވުން ތަކުގައި ވިދާޅުވެފައި ވަނީ ފުރަތަމަ ބުރުގައި ހެދުނު ގޯސްތަށް ދެނެގަނެ ދެވަނަ ބުރުގައި އެކަންކަން ރަނގަޅު ކުރާނެ ގޮތްތަށް އެންގުވަޑައި ގަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: