ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރު އިންތިހާބަށްފަހު މިސްރާބު އޮތީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް: ފައްޔާޒް

ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ މޭޔަރު އިންތިހާބަށްފަހު ދެން މިސްރާބު އޮތީ މަޖިލިސް އިންތިހާބުން ރަނގަޅު ނަތީޖާއެއް ހޯދައި އެ އިންތިހާބު ކާމިޔާބު ކުރުން ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ މޭޔަރު އިންތިހާބުގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުމުން އެ ކާމިޔާބީ ފާހަގަކުރެއްވުމަށް “ޝުކުރިއްޔާ ރައްޔިތުން”ގެ ނަމުގައި އެމްޑީޕީން ވަނީ ހަރަކާތެއް ބާއްވާފައެވެ. އެ ހަރަކާތުގައި ފައްޔާޒް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ދާ މިސްރާބަކީ ރިޔާސި އިންތިހާބުގައި ވިދާޅުވި ގޮތަށް ބިރުވެރި މިސްރާބެއް ކަމަށެވެ. އެކަން ޗައިނާ ދަތުރުފުޅަށްފަހު ވިދާޅުވި ވާހަކައިންވެސް އެކަން ސާފުވެގެން ދާކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ދަނީ އަނދަވަޅަކަށް ވެއްޓެމުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިއަދު މާލޭގެ ރައްޔިތުން ބުނެފައިވަނީ ސަރުކާރަށް ނޫނެކޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރިޔާސީ އިންތިހާބަށްފަހު ލިބުނު ނާކާމިޔާބީއަށް ފަހު މާލެ ސިޓީގެ މޭޔަރު އިންތިހާބު ކާމިޔާބު ކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިއީ އަނެއްކާވެސް އައު ހިއްވަރެއް ކަމަށާއި އައު ފެށުމެއް ކަމަށާއި މި ފެށުމަކީ ސަރުކާރު ޖަވާބު ދާރީ ކުރުމަށް ލިބިފައިވާ މުހިންމު ފުރުސަތެއް ކަމަށެވެ. އެހެންކަމުން މަޖިލިސް އިންތިހާބުގައިވެސް މޭޔަރު އިންތިހާބުގައި ފެނިގެންދިޔަ ހިއްވަރު ދައްކުވައި ދިނުމަށް ފައްޔާޒް ވަނީ އެދިވަޑައިގެންފައެވެ.

މީގެއިތުރުން އެމްޑީޕީގެ މަސައްކަތް އިތުރު ހަރުފަތަކަށް ޖައްސައި ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށާއި އަދި މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށަށް ކެމްޕެއިން ހަރަކާތްތައް ފެށިގެން ދާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: