ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު އިތުރަށް އަނިޔާވެރިނުވަނީ މަޖިލީހުގެ އަގުލަބިއްޔަތު ނެތީމަ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު އިތުރަށް އަނިޔާވެރި ނުވެ އޮތީ ރައްޔިތުންގެ މަޖިލީހުގައި ބާރުވެރިކަން ނެތުމުންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރައީސް މުއިއްޒުގެ ސަރުކާރާއި މެދު ވާޙަކަދައްކައްވަމުން ފައްޔާޒުވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއިން ކުރަމުންދަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތްތައް ކަމަށެވެ. ފައްޔާޒް ވިދާޅުވީ، އޭނާގެ ބެއްލެވުމުގެ ދަށުން އެމްޑީޕީިން ކޮންމެހެން އަމަލުކުރަމުންދާނީ ކުރިން ކޮށްފައިވާ ގޮތުގެ މަތިން ނޫންކަމަށާއި އެމްޑީޕީގެ މެމްބަރުންވެސް އެކަން ގަބޫލުކުރައްވަންވާނެކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، މަސައްކަތްތައް ކުރަމުންދާ ގޮތް ކަމުނުދާ ނަމަ ޖެހޭނީ އޭނާ މަގާމުން ދުރުކުރަންކަމަށެވެ. އެހެންނަމަވެސް އޭނާގެ ބެއްލެވުމުގެ ދަށުގައި ދެމިނެޓުން އެއް މިނެޓު މަގުމައްޗަށް ނުކުތުން ފަދަ އަމަލުތައް ނުހިންގަވާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އަނިޔާވެރި އަމަލުތަކެއް ނުހިންގާ ހާލަތެއްގައި އެމްޑީޕީއިން ކުރަމުންދާނީ ޒިންމާދާރު އޮޕަޒިޝަންއެއްގެ ގޮތުގައި ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްތައްކަަމަށެވެ.

ފައްޔާޒް ވިދާޅުވީ، އެ ހާލަތުގައި އެމްޑީޕީއިން ކުރަމުންދާނީ ރާވާ އިންތިޒާމުކުރެވިފައިވާ މަސައްކަތްތަކެއް ކަމަށާއި، އެ މަސައްކަތްތަކުގެ ތެރޭގައި ސިޔާސަތުތަކާއި ހުށައެޅުންތަކަށް ފާޑުކިޔުމާއި ފާރަވެރިވުމުގެ އިތުރުން ގޯސްކޮށް ކުރާ ކަންކަމުގެ މައްސަލަތައް ބެލުމުގެ މަސައްކަތްތައްކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތްކުރަމުންދާނީ އެމްޑީޕީގެ ތަސައްވުރު ރައްޔިތުންނާއި ހިސާބަށް ގެންގޮސް ތާއީދު ހޯއްދެވުމުގެ މަސައްކަތްތައްކަަމަށެވެ.

ފައްޔާޒް ވިދާޅުވީ، އަނިޔާވެރިވާ ހާލަތު އެންމެ ފުރަތަމަ މަގުމައްޗަށް ނުކުންނާނީވެސް އެމްޑީޕީއިންކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއިން އެ ހާލަތުގައި ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ މަސައްކަތްތަކެއްވެސް ކުރާނެކަމަށާއި ސަރުކާރަށް ދޮޅުމަސްދުވަސް ވެފައިވާއިރު އެފަދަ ބައެއް އަމަލުތައް ފެންނަމުންދިއުމަކީ ކަންބޮޑުވުމެއްކަމަަށްވެސް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ދޮޅު މަސްދުވަސްވީއިރު، ދޮގުގެ މައްޗަށް ދޮގުހަދަމުންދާ މަންޒަރުކަމަަށާއި އިންޑިއާ ސިފައިންނާއި މޮރިޝަސްއަށް ފޮނުވި ސިޓީ އާއި ގުޅޭގޮތުންވެސް ސަރުކާރުންދަނީ ހުއްޓުމެއް ނެތި ދޮގުހަދަމުންކަމަށް ފާހަގަކުރެއްވިއެވެ. ފައްޔާޒް ވިދާޅުވީ، ސެޓްލްމެންޓު ކޮމިޓީ އާއި ގުޅޭގޮތުންވެސް ދެކެވެމުންދަނީ ދޮގު ވާހަކަތަކެއްކަމަށާއި އެހެންކަމުން މިއަދު ވެރިކަމުގައި ތިބި އިރު އެކަންކަން ސާފުކުރެއްވުމަށް އިލްތިމާޒްކުރައްވާކަމަަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ދޮގުގެ މައްޗަށް ދޮގުހަދަމުންދާއިރު ދޮޅު މަސް ދުވަހުގެ ތެރޭގައި ނޫސްވެރިކަމާއި ދުލާ ގަލަމުގެ މިނިވަންކަމަށްވެސް އަރައިގަނެފައިވާކަމަށާއި ސަރުކާރުގެ ފަރާތުން އިތުރު އަނިޔާވެރި އަމަލުތަކެއް ފެނިގެން ނުދަނީ މަޖިލީހުގައި އަދިވެސް އަގުލަބިއްޔަތެއް ނެތުމުންކަމަށް ގަބޫލުކުރައްވާކަަމަށެވެ.

އޭނާ ވިދާޅުވީ، ގެންދިޔަ ގޮތަކަށް އެމްޑީޕީގެ މެމްބަރުންތަކެއް ގެންދިޔައީވެސް ރައީސް މުއިއްޒު އަދި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް އަޒުލުކޮށްފާނެކަމުގެ ބިރު އޮތުމުންކަމަށެވެ. އެހެންނަމަވެސް އަދިވެސް އެކަން ކުރެވޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: