ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއް: ފައްޔާޒް

ވަން ގަވް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ފައްޔާޒް ވާހަކަ ދައްކަވަނީ / ފޮޓޯ: ރައީސްއޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންގެންދާ ހިދުމަތްތަކަށް ބުރުލެއްނާރާ ފޯރުކޮށްދެމުން ގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ވަންގަވްޕްލެޓްފޯމް އިފްތިތާހް ކުރުމުގ ެމަޝްރޫއުގައި ފައްޔާޒް ވިދާޅުވީ އެބޭފުޅުން ސަރުކާރާއި ހަވާލުވެ، ވަންސްޓެޕް ސާވިސް އެއް ގާއިމްކުރުމުގެ އިރުޝާދު ރައީސް ދެއްވިކަމަށެވެ.

ކުރީ ސަރުކާރުގައި ދިމާވިހެން  މި ސަރުކާރުގެ އޮފީސްތަކުގައިވެސް ފޯނު ނުނެގުމާއި ޖަވާބުދާރީ ނުވުމުގެ ސަބަބުން މައްސަލަ ޖައްސަމުންދާ މަންޒަރު ފެނިގެންގޮސްފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީންވެސް ފޯނު ނުނަގާތީއާއި ފޯނު ކޯލް ޑްރޮޕްވާ ކަމަށް އާއްމުން މީގެ ކުރިން ޝަކުވާ ކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވަން ގަވްގެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން ދިވެހި ހިދުމަތް ދޭނެ ގޮތުގެ މަސައްކަތް ރޭއްވެވި ގޮތް ހިއްސާކުރައްވައި ފައްޔާޒް ވިދާޅުވީ ހިދުމަތް ރޭވީ އަވަސްކަމާއި އެކު ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީހަށް މަސައްކަތްތައް ފޯރުކޮށްދިނުމުގައި އަވަސްކަމާއެކު ސިޓީފަދަތަކެއްޗަށް ޖަވާބު ދެވޭނެ މަހު ފަހިވެގެންދާ ފަދަގޮތަކަށެވެ.

ވަންގަވަރމެންޓް (ވަން ގޮވް) ޕޯޓަލް މެދުވެރިކޮށް ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީހަކަށް ފޮނުވާ ލިޔެކިޔުމާއި މުހިއްމު ޑޮކިިއުމެންޓްސް ބަލައިލެވުމާއި ހިދުމަތްތައް އޮންލައިންކޮށް ފަސޭހަކަމާއެކު އެމީހަކު ހުރިތަނެއްގައި ހުރެގެން ހިދުމަތް ލިބިގެންދާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ހިދުމަތް އަވަސްކޮށްދީ އެކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް މަސައްކަތް ކުރަމުން ދިޔައިން

ސަރުކާރުގެ ހުރިހާ އޮފީސްތަކުގެ ހިދުމަތްތައް އެއްތަނަކުން އަވަސްކަމާއެކު ބަލައި، ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހެޅުމަށް އީފާސް މެދުވެރިކޮށް ވަން ގަވްގައި ލޮގިން ވެލުމަށްފަހު ބޭނުންވާ ހިދުމަތަކަށް އެދެވިގެންދާނެ ކަމަށްވެސް ހިދުމަތް އިފްތިތާހުކޮށް ތައާރަފްކުރި ފަރާތުން ވަނީ ބުނެފައެވެ.

މެދުވެރިކޮށް ދައުލަތުގެ މިނިސްޓްރީތަކުގެ އެކި ހިދުމަތްތަކަށް އެޕްލައިކޮށް ހިދުމަތް ކުރިއަށްދާ ގޮތުގެ ތަފްސީލްތައް ބަލައިލެވިގެންދާނެ ކަމަށް، ސަރުކާރުން ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ކޯޓާގެ މަސައްކަތްތަކާއި އެހެނިހެންވެސް ގިނަގުނަ މަސައްކަތްތައް ވަންގަވްގެ ޕްލެޓްފޯމް ޕޯޓަލްގައި ހިމެނިފައިވާއިރު، އެޕްލެޓްފޯމް ހިމެނޭ ވެބްސައިޓްގައި އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ހައުސިންގ މިނިސްޓްރީގެ އިތުރުން އެޗްޕީއޭ ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުގެ އެކި އޮފީސްތަކުގެ ވެބްސައިޓްތަކުގެ މައުލޫމާތާއި އޮފީސްތަކާއި ގުޅުންހުރި ހިދުމަތްތަކާއި ބެހޭ މައުލޫމާތުތައް ވަންގަވް ޕްލެޓްފޯމް މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ވަން ގަވް ސާވިސް އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: