ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުންދޭ ހަނޑުލާއި ފުށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވާން ހުޅުވާލަނީ

ކާޑުގެ ބާވަތްތައް ގުދަން ކުރަނީ. -- ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެވައިގެންނެވި ވައުދުފުޅާ އެއްގޮތަށް ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމައި އެ ތަކެތި ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވާން ހޯމަ ދުވަހު ހުޅުވާލާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މި ސަރުކާރުން ރޯދަމަހު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބެހުމަށްވަނީ ނިންމާފަ އެވެ. މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މާލެ އާއި، ވިލިމާލެއާއި އަދި ހުޅުމާލޭގެ ގޭބީސީތަކުގައި އުޅޭ މީހުން މަހުގެ 25ގެ ކުރިން ނަން ނޯޓު ކުރުމަށެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނު ބާތިލްކޮށް އެކަމަށް ރަޖިސްޓްރީ ވުމަށްޓަކައި ޕޯޓަލެއް މެދުވެރިކޮށް އެކަން ކުރެވޭނެ ގޮތެއް ހަމަޖައްސައި އެމައްސައްކަތް ކުރައްވަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ރައީސްގެ ޗައިނާ ދަތުރުފުޅަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ  ސަރުކާރުގެ ހަރަދުގައި ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާ ކުރަން ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރުމުގައި އިންޑިއާ އަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެނައުމަށް އެ ގައުމާ އެކުގައި އެއްބަސްވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
35%ވަރަށް ގަދަ 12%ވަރަށް ގަޔާވޭ 37%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 0%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: