ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ސަރުކާރަކަށް ބަދަލުވުމުގައި ސިޔާސަތު ތަކާއެކު ނިމިދިޔަ ސަރުކާރުގެ ”ބެގޭޖް“ ބޮޑު!

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަން ކުރަމުން އަންނަތާ 55 އަހަރު ވެފައި ވާއިރު އަބަދުވެސް ފެންނަ މަންޒަރަކީ އަދި ސިޔާސީ މަސްރަހު ދައްކުވައިދޭ ހަގީގަތަކީވެސް ކޮންމެ ވެރިކަމެއް ނިމުމުން ވެސް އެ ވެރިއަކު ފަސް އަހަރުގެ ތެރޭގައި ކުރެއްވި ކަންކަން ދެން އިންތިހާބުވެވަޑައިގެންފައިވާ ބޭފުޅަކަށް އެކަމުގެ ހަޑި ސާފު ކުރަން ޖެހުމެވެ. ކޮންމެ ވެރިއަކު ވެސް ވެރިކަމާއި ހަވާލުވެވަޑައިގެން ގެނެސްދޭ ސިޔާސަތުގެ އިތުރުން، ނިމިގެން ދާ ސަރުކާރެއްގައި ހިނގާފައިވާ އެތައް ކަމެއް އަންނަނީ ވާރުތަވެގެންނެވެ.

ފަސް އަހަރުގެ ޕްލޭނަކާއި އެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކޮންމެ ވެރިއަކުވެސް ވަޑައިގެން ފުރަތަމަ ޖެހެވަޑައިގަންނަވަނީ ނިމިދިޔަ ސަރުކާރެއްގައި ނުރަނގަޅު މަގުން ހިނގާފައިވާ ކަންކަން ހަމަ މަގަށް އެޅުވުމަށެވެ. ވެރިކަމުގެ 100 ދުވަހުގެ ވައުދުތަށް ފުުއްދަވަމުން ނިމިދިޔަ ސަރުކާރުތަކުގެ ހަޑި ސާފު ކުރަމުން ކުރިއަށް ވަޑައިގަތުމަކީ ހީކުރެވޭހާ ފަސޭހެކަމެއްނޫނެވެ. އެތައް ނޫސްވެރިއެއްގެ ސުވާލު އަމާޒުވެ، އެތަކެއް ރައްޔިތުންނެއް ސަރުކާރުގެ ގާބިލުކަމާއި މެދު ސުވާލު އުފައްދާ އެ ވެރިކަން ވަޒަން ކުރަނީ ހަމަ މި ވަގުތުކޮޅުއެވެ.

ސަރުކާރުން ކަންކަން ކުރަމުން އަންނަ ގޮތް ރައްޔިތުންނާއި ދެންވެސް ތިއްބަވާ ސިޔާސީ ލީޑަރުންނާއި މެންބަރުން ބައްލަވަމުން އަންނަނީ ނުހަނު ގާތުންނެވެ. އެހެން ނަމަވެސް ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގޯސްތައް ނިކަން ރަނގަޅަށް ދެނެވަޑައިގަންނަވާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްވެސް އެ ވެރިއަކަށް ކުރައްވަން ޖެހެނީ އެކަންކަމުން ނިކުންނާނެ ނަތީޖާއަކާއި މެދުވެސް ވިސްނަވައިގެންނެވެ.

ވެރިކަމެއްގެ ފުރަތަމަ 5 ހަފްތާ ތެރޭގައި ތިމާ ހިންހަމަ ނުޖެހޭފަދަ ގޮތަކަށް ކަންހިނގަމުން އަންނަ ނަމަ އެ ވެރިކަން ބަދަލު ކުރުމަށް އެތައް ބަޔަކު އަޑު އުފުލައެވެ. ސިޔާސީ ބާރު ދައްކާ، ބާރު ގަދަ މަގާމްތަކުގައި ތިއްބަވާ ވެރިކަން ބަދަލު ކުރުމަށް މަސައްކަތްވެސް ކުރައްވައެވެ. އެހެންނަމަވެސް ވެރިކަމެއް ވެއްޓި އެކަމުގެ ހިތި ނަތީޖާއަކީވެސް ދިވެހި ރައްޔިތުންނާއި ސިޔާސީ ބޭފުޅުންވެސް ނިކަން ރަނގަޅަށް ދެކެފައިވާ މަންޒަރެކެވެ.

ސަރުކާރެއް ހިންގުމަކީ އެތައް ރައްޔިތުންނެއްގެ ހައްގުތައް ކަށަވަރު ކުރުމާއި، މާތް ވެގެންވާ ދީން ހިމާޔަތް ކުރުމާއި އަދި މި ފަސްގަނޑުގެ ރައްކާތެރިކަން ކަށަވަރު ކުރެއްވުމާއި އަދި މިނޫންވެސް އުމްރާނީ އެހެން ގޮތް ގޮތުން ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިނގުން ފަދަ ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހެވަޑައިގަންނަވާ ކަމެވެ. އަދި ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަކާއި އެ ވެރިއަކު ހިލާފު ނުވާކަމުގައި ވާނަމަ ވެރިއަކު އަޒުލުު ނުކުރެވޭނެއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތުތައް ހަވާލުކުރައްވާއިރު ވެރިޔަކު ހާވާލުވެވަޑައިގަންނަވަނީ ސާފު ނުވަތަ ހުރިހާ ކަމެއް ރަނގަޅަށް އޮންނަ ސަރުކާރަކާވެސް ނޫނެވެ. އެ ސަރުކާރެއްގައި ނަގާފައިވާ އެތަކެއް ލޯނަކާއި، ސަރުކާރުން ވިއްކާފައިވާ ދިވެހިންގެ އެތައް ބިމަކާއި ނުވަތަ އަމިއްލަ އިހްތިސާސްގައިވާ އެތައް ތަނަކާއި، ދައުލަތުގެ ބޮއްސުންލާފައިވާ ހަރަދުތަކާއި އަދި މިނޫންވެސް ކޮރަޕްޗަންގެ ޝިކާރައަކަށް ވެފައިވާ އެތަކެއް ކުންފުނިތަކެއްވެސް ހިމެނެއެވެ. އެހެންނަމަވެސް ބައެއް ސިޔާސީ ބޭފުޅުން ފާޑުވިދާޅުވެ ދައްކަވާ ވާހަކައިން ފަހަރެއްގައި ވެރިއެއްގެ މަސްއޫލިޔަތު ތަފާތުކޮށް ސިފަކޮށްފައި އޮވެދާނެއެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ވެރިކަމަށް ވަޑަގަންނަވާ ވެރިއަކަށް މަސްއޫލިޔަތުތައް މަތިކުރެވޭ ދުވަހުން ފެށިގެން ހަމަ ނޭވާއެއް ލުމަށް ފުރުސަތެއް ދެއްވަން ޖެހޭކަމެވެ. އަދި ސަރުކާރަށް ފާޑު ކިއުމުގެ ބަދަލުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާ ގޯސް މަގުން ހިނގާފައިވާ ހުރިހާ ކަމެއް ރަނގަޅު ކުރައްވަން މަސައްކަތް ކުރެއްވުމަކީވެސް އެކަމަށް އޮތް ހައްލެކެވެ. އަދި އެފަދަ ހުރިހާ ގޮންޖެހުމަކާއި އެކުވެސް ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދިއްޖެ ކަމުގައި ވާނަމަ އެއީ ގާބީލް ސަރުކާރެކޭ ބުނުމަށް ޖާގަލިބިގެން ދެއެވެ.

ވެރިކަމަށް ވަޑައިގަންނަވާ 2 ހަފްތާގެ ތެރޭގައި އެ ސަރުކާރެއް މިނެކިރާލުމަކީ އެންމެ ވިސްނުންތެރިގޮތެއްވެސް ނޫނެވެ. ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވަން ޖެހޭ ހަގީގަތަކީ އެއްވެސް ބޭފުޅަކު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވަނީ އަމިއްލަ ފައިދާއަށް ނޫންކަމަށެވެ. އަދި ސަރުކާރަކާއި ދެކޮޅަށް މަސައްކަތް ކުރައްވާނަމަ މަސައްކަތް އެކުރެވެނީ ރައްޔިތުންނާ ނުވަތަ ރައްޔިތުން ބުނެފައިވާ ބަހަކާއި ވެސް ދެކޮޅަށެވެ. އަދި ރައީސް އަކަށް ވެރިކަމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އެ ޖާގާ ދެއްވުމަކީ ދިމިގްރާތީ ރިވެތި އުސޫލުތަކެވެ.

އެހެންކަމުން ކޮންމެ ބޭފުޅަކުވެސް ވެރިކަމެއް ފެށުމުން އެކަމުގައި ކުރަން ހުރި މަސައްކަތަށް ރިއާއަތްކޮށް ފާޑުކިއުމަކީ މުހިންމު ކަންކަމެވެ. ސަރުކާރެއް ޖަވާބުދާރީ ކުރުމަށް ކުރެވޭނެ މަގުތައް އޮވެ ސަރުކާރަށް ރަނގަޅަށް ފައިހަމަ ނުކކޮށްލެވެނީސް ރައީސް ނުވަތަ ނައިބު އަޒުލު ކުރުމަށް އަޑު އުފުލުމަކީ އެންމެ އެދެވޭ ގޮތެއްވެސް ނޫނެވެ. ރާއްޖޭގައި ވެރިއަކު ނެތި މަަސައްކަތް މަޑު ޖެހިފައި އޮތުމަކީ ރާއްޖެ މިއޮތް ހާލަތުން އިތުރަށް ހުސްކަމަކަށް ދާނެކަމެކެވެ. މިހާރު ދައުލަތުގެ މާލީ ހާލަތު ނަގާ ކޮޅަށްޖެހުމަށާއި އަދި އެނޫންވެސް ކަންކަމުގައިި ސަރުކާރަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: