ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިންގެ އަދަދު ޔަގީންނުވަނީ އެބަސްވުމުގައި ފުށުއެރުންތަކެއް ހުރުމުން: ރައިސް އޮފީސް

ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެ އަދަދު ޔަގީންނުވަނީ ކުރީގެ ސަރުކާރުން އިންޑިއާއިއެކުވެފައިވާ އެއްބަސްވުންތަކުގައި ހުރި ފުށުއެރުންތަކެއްގެ ސަބަބުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް ރައީސް. ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑަށް ވަކާލާތުކުރެއްވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ނުވާނެ ކަމަށާއި އަދި އެހެން ގައުމެއްގެ ވެސް ސިފައިން ތިބެން ޖާގަ ނުދެއްވާނެ ކަމަށެވެ. އެގޮތުން އެ މަސައްކަތް ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު އެމަނިކުފާނު ވަނީ ކުރައްވަން ފައްޓަވާފައެވެ.

ރައީސް އޮފީހުން އެންމެ ފުރަތަމަ ހާމަކުރި ގޮތުގައި ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ. ނަމަވެސް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބީ 89 އިންޑިއާ ސިފައިން ކަމަށާއި އެ އަދަދު ސަރުކާރަށް ކަށަވަރުވެފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ބަދަލުވުމާއި ގުޅިގެން އެކަމާއި ގުޅިގެން ނޫސްވެރިން މިއަދު ވަނީ ސުވާލުކުރައްވާފައެވެ. މިކަމާ ގުޅިގެން ފިރުޒުލް ވިދާޅުވީ ލިޔެކިޔުންތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ރާއްޖޭގައި މިވަގުތު ތިބި އިންޑިއާގެ ސިފައިންގެ އަދަދު ދެނެގަތުމަށް ވަގުތު ހޭދަވާނެ ކަމަށެވެ. އަދި މިއީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅުން ޕީޕީއެމް/ޕީއެންސީއިން އަބަދުވެސް އަޑުއުފުލަމުން ދިޔައެވެ. އެ ގޮތުން އެ ކޯލިޝަނުން އިންޑިއާ އައުޓް ހަރަކާތެއް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުމައްޗަށް ނިކުމެ ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެ ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާއިއެކުގައި ގިނަ އެއްބަސްވުނަތަކެއް ވެސް ވެވަޑައިގެންފައިވެއެވެ. އެހެންނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ އެ އެއްބަސްވުންތައް ބައްލަވައި ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާނެފަދަ ކަމެއް ފާހަގަވާނަމަ އެއްބަސްވުން ބާތިލްކުރާނެ ކަމަށެވެ. ނުވަތަ ކަންބޮޑުވާ ނުކުތާ އުވާލުމަށް ފަހު މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: