ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮންޑެގެ ފާޑުކިއުން ފައްޔާޒް ޓީމަށް: ވަޒީފާގެ ބިރު ދައްކައި ނުފޫޒު ފޯރުވާކަން ސާބިތުވޭ!

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެމްޑީޕީގެ ބައްދަލުވުމެއްގައި/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ވަކި ފަރާތަކަށް ވޯޓުލުމަށް ސަރުކާރުގެ ވަޒީރުން ނުކުމެ އެކި އޮފީސްތަކުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުން ދާކަން ސާބިތުވާކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެނޑިޑޭޓްއެއްކަމަށް ވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ “ތިލަފަތުގެ ރަމްޒު” ކެމްޕެއިންގެ ފަރާތުން މައްޗަންގޯޅިގައި ބޭއްވި ތަރާވިސް ހަފްލާއެއްގައި ވާހަކަދައްކަވަމުން ރަޝީދު ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީއިން ވަޒިފާގެ ބިރުދައްކާކަމަށް ދެކެވޭ ވާހަކަތައް ބަލައި ތަގުގީގުކޮށް، “ސަރުކާރުގެ ވަޒީރު ނުކުމެ” އެ ޕާޓީގެ މެމްބަރުންނަށް ބިރުދައްކާ ވަޒީފާއިން ވަކި ކޮށްފައިވާކަން ސާބިތުވެފައިވާކަމަށެވެ.

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީ ބެލިބެލުމުން ފެނިފައިވާ ކަންކަން ހާމަކުރަމުން ރަޝީދު ވިދާޅުވީ ވަޒީރު މިމައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް ބުނާ ކަމަށެވެ. އަދި އިސްތިއުނާފް ކޮމިޓީއިން މިމައްސަލަ ބެލުމުގައި އިންސާފްވެރިވާނެ ކަމަށް ގަބޫލު ކުރެވޭތޯ މި ހަފްލާގެ ބައިވެރިންނާއި ސުވާލުކުރަށްވަމުން ރަޝީދު ވިދާޅުވީ އެންމެ ފަހުން އޭނާއަށް އިސްތިއުނާފް ކޮމެޓީގެ ފަނޑިޔާރު ފެނިފައިވަނީ “ވަޒީރު” ވަޑައިގަންނަވާތީ ރަށެއްގެ “ބަންދަރުމަތީ ދަގަނޑު ބުރިއެއް ހިފައިގެން ވަޅުޖަހަން” ހުންނަވަނިކޮށް ކަމަށެވެ. އަދި މިފަދައިން އަމަލުތައް ބައްޓަން ވެފައިވާ ފަނޑިޔާރަކު އިންސާފު ގާއިމު ކުރަށްވާނެ ކަމަށް ގަބޫލު ކުރެވޭތޯވެސް އެނާ ވަނީ ސުވާލުކުރަށްވާފައިއެވެ.

“ވަޒީރު ބޮޑު ގިފިލި ކުރަން ވަޅުޖަހައިދޭން އިން އިސްތިއުނާފު ފަނޑިޔާރު، ތިޔަ ބޭފުޅުން ގަބޫލް ކުރަށްވަންތޯ، އިންސާފުން މިކަންތައް ގެންދާނެއޭ” ބޮންޑެ

ވަޒީރުގެ ނަމުން ބޮންޑެ މުހާތަބު ކުރައްވާފައި ވަނީ ފައްޔާޒަށް އަމާޒު ކުރައްވަ އެވެ. އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވައި ބިރު ދައްކާކަމަށް ބުނެ އެ މައްސަލަ އިންތިގެ ފަރާތުން ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ނިންމީ ޝަކުވާތައް ސައްހަ ކަމަށެވެ. މައްސަލަ ނިންމައި ދިން ޖަވާބުގައި ވަނީ އިންތިހާބުގައި އެ މެމްބަރަކު ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓު ހޯދަން މަސައްކަތް ކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ.

މީގެ އިތުރުން ދިވެރާއްޖޭގެ ފަނޑިޔާރުންނަށް އޮތް އިތުބާރުވެސް ގެއްލުވާލައިފާކަމަށް ބުނެވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގެ ބެލެނިވެރިޔާކަމަށް ވާ ޖޭއެސްސީގެ ރައީސާ މި އިންތިހާބު ތެރެއަށް ވަދެވަޑައިގެން އުޅުއްވާ ކަމަށެވެ. އަދި ހިސާން ހުސައިނަކީ ކުރިން ރަޝީދު ވަރަށް އުއްމީދާއި އިތުބާރު ކުރެށްވި ކަނބަލަކަށް ވީނަމަވެސް މިފަދަ “ހުތުރު” އަމަލުތަކުގެ ސަބަބުން މިއަދު އެއްވެސް ގަދަރެއް ނެތްކަމަށް ވިދާޅުވަމުން، މިފަދައިން ކަންކަން އޮތް ހިންދު ރާއްޖޭގައި އިންސާފު ހޯދައިދޭން ތިބީ ކޮން ބައެއްތޯ ވެސް ވަނީ ސުވާލު ކުރަށްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: