ވައްކަންކުރާ ކޮއްމެ މީހެއްގެ ދިފާއުގައި އިދޮކޮޅުން ނިކުތުމަކީ އިއްތިފާގެތޯ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ސުވާލު ކުރައްވައިފިއެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ބުނުމާ ގުޅިގެންނެވެ.
”ވައްކަންކުރާ ކޮއްމެ މީހެއްގެ ދިފާއުގައި އަދުގެ އިދޮކޮޅުފަރާތްތަށް ނިކުތުމަކީ އިއްތިފާގެއްބާ؟“ ޝިފާއު ކުރެއްވި ޓްވީޓެއްގައި އައްސަވާފައި ވެއެވެ.
ވައްކަންކުރާ ކޮއްމެ މީހެއްގެ ދިފާއުގައި އަދުގެ އިދޮކޮޅުފަރާތްތަށް ނިކުތުމަކީ އިއްތިފާގެއްބާ؟ https://t.co/yVpDgAsC86
— MP Mohamed Shifau (@mhshifau) September 29, 2020
ޒިކުރާ މިސްކިތް އިމާރާތް ކުރަން ކުރީގެ ސަރުކާރުން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި ކަމަށް ބުނެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޒިޔާދުގެ މައްޗަށް އުފުލައި، ދައުލަތުން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.
އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައިވަނީ ޒިޔާދުގެ މައްޗަށް ކުރި ދައުވާއަކީ ހުރިހާ ގޮތަކުން ވެސް ސަރުކާރު ފެއިލްވެ އަދި ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުުކާރުގައި އިސް މަގާމެއް އަދާކުރި ބޭފުޅަކާ ގުޅުވައިގެން މި ސަރުކާރުން ކުޅޭ ސިޔާސީ ޑްރާމާއެއް ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

