އައްޑޫ ސިޓީ ހުޅުމީދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމީދޫގައި މިދިޔަ ހޯމަ ދުވަހު ހާއްސަ އެހީއަަށް ބޭނުންވާ އަންހެނަކާއި ގަދަކަމުން ބަދްއަހްލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތު ކުރެވޭ އުމުރުން 68 އަހަރުގެ ފިރިހެނެއް ކޯޓު އަމުރުގެ ދަށުން ހައްުޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
”އޭނާގެ ބަންދާއި މެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައި“. ފުލުހުން ބުންޏެވެ.
މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަންް އިން ދަނީ ތަހުގީގު ކުރަމުންނެވެ.

