ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ ހައިކޯޓު: ޚިދުމަތުގައި 40 އަހަރު!

ހައިކޯޓުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ހައިކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ހައިކޯޓު އުފައްދާފައި ވަނީ 1980  ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 05 ވަނަ ދުވަހު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޤަރާރަކުން އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، 07 އޯގަސްޓް 2008 ގައި ތަޞްދީޤު ކުރެވި އެޤާނޫނު އަސާސީގެ 282  ދެވަނަ މާއްދާގެ ދަށުން، 2008 ސެޕްޓެމްބަރ 18 ވަނަ ދުވަހު އިންތިޤާލީ ސުޕްރީމްކޯޓު އުފެދެންދެން، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެންމެ އިސް ކޯޓެއްގެ ގޮތުގައި ހިނގަމުން އައިސްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓެވެ.

ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ނަޒަރު ކުރާއިރު، ހައިކޯޓަކީ ދަށު ކޯޓުތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓެވެ. އަދި ޤާނޫނަކުން އިސްތިސްނާ ނުކުރާހާހިނދަކު، ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާނީވެސް ހައިކޯޓުގައެވެ. އަދި ދުސްތޫރީ މައްސަލަތަކާއި، އިންތިޚާބީ ޝަކުވާގެ މައްސަލަތައްބަލާ ފުރަތަމަ މަރުޙަލާގެ ކޯޓަކީވެސް ހައިކޯޓު ކަމުގައިވަނީ ހަމަޖައްސަވާފައެވެ.

ހައިކޯޓުގެ 40 އަހަރުގެ ދިގު ތާރީޚުގައި ތަފާތު ބާވަތްތަކުގެ ގިނަ އަދަދެއްގެ މައްސަލަތައް ކޯޓުން ނިންމާފައިވެއެވެ.

ހައިކޯޓުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ހައިކޯޓް

ޚިދުމަތުގައި 40 އަހަރު

ހައިކޯޓުގެ އެންމެ މުހިއްމު އަމާޒަކީ ދިވެހިކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ވާސިލްވެވޭނެ ފެންވަރު ރަގަޅު ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

މިގޮތުން 4 ދާއިރާއަކަށް އަމާޒު ކުރެވިގެން ކޯޓުން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ކޯޓަށް ވާސިލްވެވޭނެ ފަސޭހަތް ގޮތްތައް ފަހިކޮށްދިނުމާއި، ޓެނޮލޮޖީގެ ގޮތުން ޚިދުމަތްތައް އަވަސްކޮށް ލިބޭނެ ގޮތް ހެދުމާއި، ކޯޓުގެ އެތެރޭގެ ހިންގުން ލިޔެވިގެން ވަކި ހަމަތަކަކާއި ސްޑޭންޑަޑްތަކެއް ކަނޑައެޅިގެން ކުރިއަށް ގެންދިއުމާއި، ކޯޓުގެ މުވައްޒަފުންނަކީ ފަންނީގޮތުން ފެންވަރު ރަގަޅު ޚިދުމަތް ދިނުމަށް ގާބިލް އުފަލާ އެކު ރައްޔިތުންނަށް ޚިދުމަތްކުރާ ބަޔަކަށް ހެދުމެވެ.

ކޯޓުގެ މަސައްކަތްތައް ހަލުވިކޮށް ފެންވަރު ރަގަޅު ޚިދުމަތެއް ދިނުމުގެ ގޮތުން ޓެކްނޮލޮޖީގެ ރޮގުންނާއި މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުމާއި އަދި އެތެރޭގެ ނިޒާމްތައް ހަރުދަނާ ކުރުމުގެ ގޮތުން ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ.

ހައިކޯޓުގެ 40 އަހަރުގެ ދިގު ތާރީޚުގައި 30 ފަނޑިޔާރުން ކޯޓަށް ޚިދުމަތްކުރައްވާ ގިނަޢަދައްގެ މައްސަލަ ނިންމާފައިވެއެވެ. ހައިކޯޓުގެ ޚިދުމަތްތައް މުޅިރާއްޖެއަށް ދިނުމުގެ އާ ހަރުފަތަކަށް އެރީ 2005 ވަނަ އަހަރު ކޯޓުގެ ޝަރުޢީ ވަފުދަކުން މާލެ ފިޔަވާ ރާއްޖޭގެ އެންމެ ބައިބޯ ރަށްކަމަށްވާ ސ. ހިތަދޫއަށް ގޮސް މައްސަލައެއް ހިންގުމުންނެވެ. އޭގެ ފަހުން މިވީ ދުވަސްތަކުގައި ވަކި ނިޒާމެއްގެ ތެރެއިން ހަމަޖެހި، އުތުރާ ދެކުނުގައި ހައިކޯޓުގެ ގޮފިތައް ޤާނޫނުގައި ކަނޑައެޅިގެން ޤާއިމް ކުރެވިފައިވެއެވެ. އަދި ގޮފިތައް ޤާއިމްކުރެވުނު ފަހުން ޝަރުޢީ ވަފުދުން އަތޮޅުތަކަށް ގޮސް 190 މައްސަލައިގެ ޝަރީޢަތްތައް ބާއްވައި ޙުކުމްކޮށްފައިވެއެވެ.

ރައްޔިތުންނާ ގާތުން އަވަސް އަދި ފެންވަރު ރަގަޅު ޚިދުމަތެއް އެކަމުގެ ވަގުތުގައި ލިބުމަށް އެންމެ މުހިއްމު ވަސީލަތަކީ ޓޭކްނޮލޮޖީއެވެ. ޓެކްނޮލޮޖީގެ ގޮތުން ވޭތުވެ ދިޔަ 40 އަހަރު ދުވަހު ހައިކޯޓުން އެކި މުހިއްމު މަރުޙަލާތައް ކަޑައްތު ކޮށްފައިއެވެ. އެގޮތުން ވީޑިއޯ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ހިންގަން ފެށުމާއި، ކޯޓުގެ އެތެރޭގެ އިދާރީ މަސައްކައްތައް މޯލްޑިވްސް އީ ކޯޓު މެނޭޖްމަންޓް ސިސްސަޓަމް މެދުވެރިކޮށް ކުރަން ފެށުން ހިމެނެއެވެ. އަދި މިއަހަރު ތެރޭގައި ކޯޓުގެ ޝަރީއަތުގެ މަރުހަލާގެ ހުރިހާ ހަރުފަތެއް ޓެކްނޮލޮޖީގެ ޒަރީއިން ފުރިހަމަ ކުރުމަށްޓަކައި ކޯޓު މޮޑިއުލް ބޭނުންކުރަން ފެށުމަށް ކުރެވޭ މަސައްކަތްތައްވެސް ފާހަކޮށްލެވެއެވެ.

ހަމައެއާ އެކު ކޮވިޑް 19 ގުޅިގެން ދިމާވި ޙާލަތުގައި ކޯޓުގެ ޚިދުމަތްތައް ނުހުއްޓި ކުރިއަށް  ގެންދިއުމަށްޓަކައި  ޝަރީއަތްތައް  އޮންލައިންކޮށް  ބާއްވަން ފެށުނެވެ. މިހެން ހެދުމުން ޚަސްމުންނާ  އަދި  ފަނޑިޔާރުންނާ ކޯޓު ސްޓާފުން އެމީހަކު ތިބިތަނެއްގައި ތިބެގެން އިންޓަރނެޓްގެ ޒަރީއާއިން  ކޮންފަރެސްސްކޮށް  ޝަރީޢަތުގައި ބައިވެރިވާން ފުރުސަތު ލިބި ހުއްޓުމެއްނެތި ޚިދުމަތް ކުރިއަށް ގެންދިއުމަށް މަގުފަހިވިއެވެ.

މަޢުލޫމާތު ފެތުރުމާއި ކޯޓުގެ ޝާރީޢަތްތަކާއި މަޢުލޫމާތުތަކަށް ވަކީލުންނާއި، ޤާނުނީ ދާއިރާއިން ކިޔަވާ ކުދިންނާއި އަދި ޢާންމު ފަރުދުންނަށް ފަސޭހައިން ވާސިލްވެވޭނެ ގޮތް ހެދުމަށް ކޯޓުގެ ޝަރީޢަތްތައް ވެބްސައިޓް މެދުވެރިކޮށް ސާރޗަބަލް ޑޭޓާބޭސްއެއްގެ ތެރެއިން އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ލިބޭނެގޮތް ހެދުމަކީ މިކޯޓުން ރައްޔިތުންނާ ގާތުން ރައްޔިތުންނާ ގުޅިގެން ޚިދުމަތާއި އަދި މާޢުލޫމަތު ދިނުމަށް އެޅުނު މުހިއްމު އަދި ތާރީޚީ ފިޔަވަޅެކެވެ.

ރާއްޖޭގެ ކޮންމެ ފަރުދަކީ ޓެކްނޮލޮޖީގެ ވަސީލަތް އެންމެ އެކަށޭނަ މިންވަރަށް ފަހިކޮށް ދެވިފައިވާ ފަރާތަކަށް ނުވުމާ އެކު އަދި އަތޮޅުތެރޭގެ ކޯޓުތަކާ ރައްޔިތުންނަށްވެސް މިމަޢުލޫމާތުތަކަކީ މުހިއްމު މަޢުލޫމާތުތަކަކަށް ވާތީ ރާއްޖޭގައި އެއްބާވަތެއްގެ ޝަރީއަތްތައް އެއްފޮތަކުން ފެންނާނެ ގޮތަށް ޗާޕްކޮށް ބެހުމަކީވެސް މިކޯޓުން ފެށި މުހިއްމު ޚިދުމަތެކެވެ. ހަމައެއާއެކު ޝޯޝަލް މީޑިއާގެ ޒަރީއާއިން ކޯޓުގެ ކުރެވޭ ކޮންމެ ޝަރީޢަތެއްގެ މަޢުލޫމާތު ޢާންމުންނާ ޙިއްސާކުރުމަކީވެސް ޚާއްސަކޮށް ރާއްޖޭގެ ޒުވާން ޖީލުތަކަށް ޚިދުމަތާ ބެހޭ މަޢުލޫމާތު ލިބިދިނުމަށް ހުޅުވާލެވުނު ދޮރެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ  ޝޯޝަލް މީޑިއާ އެކައުންޓްތަކުގެ ތެރެއިން ޓްވިޓަރ (@mvhighcourt) ރާއްޖޭގެ ޝަރުޢީދާއިރާއިން އެންމެ ފުރަތަމަ ވެރިފައިޑް ސްޓޭޓަސް ލިބުނު އެކައުންޓްކަން މިފުރުސަތުގައި ފާހަގަ ކޮށްލަމެވެ.

ކޯޓުގެ ޕްރޮސެސްތަކާއި މަސައްކައްތައް ހިންގާގޮތް އަދާ ހަމަކޮށް އެއްފޮތަކުން ފެންނާނެހެން ހެދުމަކީ މަސައްކަތްތައް ހިންގާއިރު ފެންވަރު ހިފެހެއްޓި، އޮޅުންތައް ނުއަރައި އޮމާންކޮށް ގެންދިއުމަށް މަގުފަހި ކޮށް ދޭނެކަމެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ މަސައްކަތްތައް ގެންދާނެ ގޮތް އަދި އިންތިޒާމްކުރެވިފައިވާ ނިޒާމް ބަޔާންކުރާ ކޯޓުގެ ސްޑޭންޑާރޑް އޮޕަރޭޓިން ޕްރޮސީޖަރއއެއް އެކުލަވާލައި އެކަށައެޅުމަކީ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި އަދި ފަނޑިޔާރުންގެ ޢާންމު މަޖިލީހުން ފާސްކުރާ އުސޫލްތަކާ އެއްގޮތްވާގޮތުގެ މަތިން ޚިދުމަތްދިނުން ކަށަވަރުވެގެން ދާނެކަމެއް ކަމަށްވުމާއެކު، ފޮތެއްގެ ސިފައިގައި ލިޔެވި ޝާޢިއުކުރެވުމަކީވެސް ފެންވަރު ރަގަޅު ޚިދުމަތެއް ދިނުމަށް ކުރެވޭ މިމަސައްކަތަށް އިތުރުވި ބޮޅެކެވެ.  މި ޕްރޮސީޖަރގައި އިދާރީ އަދި ޝަރުޢީ މަސައްކަތް ގެންދާނެގޮތް ހިމެނިފައިވާނެއެވެ. ޚާއްސަކޮށް މައްސަލައެއް ކޯޓަށް ހުށަހެޅުމާ ހަމައިން ފެށިގެން ޙުކުމްކުރުމާއި އަދި ރިޕޯޓް ދޫކުރުމާ ހަމަޔަށް ކޮންމެ މަރުޙަލާއެއްގެ އިދާރީ އިންތިޒާމްތައް ގެންދާނެ ގޮތާއި ކުރަންޖެހޭ ކަންކަން ތަރުތީބުން ކަމަކަށްފަހު ކަމެއް ލިއެވިފައިވާނެއެވެ. އަލަށް އަންނަ ފަރާތަކަށްވެސް އޮޅުމެއް ނުއަރައި ކޯޓުގެ ޚިދުމަތައިގެން ކުރިއަށް ދިއުމަށް މިކަމުގެ ސަބަބުން ފަސޭހަވެގެން ދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: