މެންބަރުންގެ ދަރިން ބޭތިއްބުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ހުޅުވި ”މައިންގެ ކޮޓަރީގެ“ ގެ ނަން ބަދަލުކުރަން ނިންމައިފިއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ އެ ކޮޓަރިއަށް މައިންގެ ނުވަތަ މަންމައިންގެ ކޮޓަރި ކިޔުމަށް ނިންމި ނިންމުމާ ގުޅިގެން ބައެއް އަންހެން ބޭފުޅުން އެކަމާ ހިތްހަމަޖެހުން ފާޅުކުރަމުންދާ ކަމަށެވެ.
ނަސީދު އިތުރަށް ވިދާޅުވީ އެކޮޓަރިއަކީ ކުޑަކުދިންގެ ކޮޓަރިއެއް ކަމަށާއި މައިންގެ ކޮޓަރިއެއް ނޫން ކަމަށެވެ.
މައިންގެ ކޮޓަރީގެ ބަދަލުގައި ދަރިންގެ ކޮޓަރިއަށް ނުވަތަ ނާސަރީއަށް ނަމަވެސް ބަދަލުކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މައިންގެ ކޮޓަރި ހުޅުވާފައި ވަނީ މަޖިލީހުގެ އާ އިމާރާތުގެ އެއްވަނަ ފަންގިފިލާގައެވެ.

