ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހު އިތުރު ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހު އިތުރު ތިން އެއާލައިނަކުން ރާއްޖެ އަށް ދަތުރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރޭ ‘އަޕްޑޭޓްސް އޮން ދަ ކޮވިޑް-19 ސިޓުއޭޝަން އިން ދަ މޯލްޑްސް’ ރިޕޯޓުގައިވާ ގޮތުން މިމަހު ލުފްތަންސާ، ފްލައިދުބާއީ އަދި ނޯޑުވިންޑުން ރާއްޖެއަށް އަލުން ދަތުރުތައް ފަށާނެ ކަމަށް ވަނީ ބުނެފައެވެ.

މި ތިން އެއާލައިން ރާއްޖެ އަށް މި މަހު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، މެދުކެނޑުމަކަށްފަހު އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސް އިން އިއްޔެ ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު ގިނަ އެއާލައިންތަކުން ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައެވެ.

ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް މިހާތަނަށް ވަނީ 26،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: