ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓު ހައުސްތަކުގެ ގައިޑްލައިން އެކުލަވާލައިފި!

މާލެ ސަރަހައްދުގެ ހޮޓާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މަނާކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ގެސްޓު ހައުސް ހުޅުވާލުމުގެ އެކުލަވާލަން ޖެހޭ ގައިޑްލައިން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައިފިއެވެ.

ކޮވިޑް-19ގެ ހާލަތުގައި ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ގައިޑްލައިންގައި ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ.

އެގޮތުން ކޮވިޑް-19 ގެ މިހާލަތުގައި ގެސްޓު ހައުސްތައް އަލުން ހުޅުވާއިރު، ބަލީގެ އަލާމާތް ފެންނަ ޓޫރިސްޓުން ވަގުތީ ގޮތުން ބައިތިއްބާނެ ކޮޓަރި ގެސްޓްހައުސްގައި ހުރުމާއި، އެރަށެއްގެ އާންމުންނާއި ޓޫރިސްޓުން ވެސް އާންމު ތަންތަނުގައި މާސްކު އަޅައިގެން އުޅުމަށްވަނީ ލާޒިމްކޮށްފައެވެ.

މީގެ އިތުރުން މާލެއިން ގެސްޓްހައުސް ހިންގާ ރަށަކަށް ދާނަމަ ޓެސްޓު ހެދުމާއި އަދި އެރަށެއްގައި ކަރަންޓީނު ވެސް ވާން ޖެހޭނެ ކަމަށް ގައިޑްލައިންގައި ވެއެވެ.

ގައިޑްލައިންގައި ބުނެފައިވާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މުވައްޒަފުންނާއި ފަތުރުވެރިން އެކަހެރިކުރުމަށް އައިސޮލޭޝަން ފެސިލިޓީއަކާއި އެމީހުންގެ ކޮންޓެކްޓުން ބޭތިއްބުމަށް ކަރަންޓީން ފެސިލިޓީއެއް ރަށުގައި ހުންނަންޖެހޭނެ ކަމަށެވެ.

ރަށުގެ އާންމުންނަށް އެރަށެއްގެ ކެފޭތަކާއި ރެސްޓޯރެންޓުތައް ބޭނުން ކުރެވޭނެ ކަމަށާއި އަދި ޓޫރިސްޓުންނަށް ރަށުގެ ފިހާރަތަކަށް ވަދެ ވިޔަފާރި ވެސް ކުރެވޭނެ ކަމަށް ގައިޑްލައިންގައިވެ އެވެ.

ގައިޑްލައިންގައި ބުނީ، ގެސްޓް ހައުސް ހިންގާ ރަށަކުން ގެސްޓް ހައުސް ނެތް ރަށަކަށް ދާނަމަ އެމީހަކު ވެސް ކަރަންޓީނު ވެ ޓެސްޓު ހަދަން ޖެހޭނެ ކަމަށެވެ.

މާލެ ސަރަހައްދު ނޫން އެހެން ރަށަކުން ގެސްޓް ހައުސް ހިންގާ ރަށަކަށް ދަތުރުކުރާނަމަ އެރަށެއްގެ ގެސްޓްހައުސްއެއްގައި ބިދޭސީއަކަށް ވެސް އަދި ދިވެއްސަކަށް ވެސް ހުރެވިދާނެ ކަމަށް ގައިޑްލައިންގައިވެއެވެ. އެކަމަކު ގެސްޓްހައުސް އެއްގައި މަޑުކުރާނަމަ ރަށުގެ އެހެން ގެތަކަށް ވަނުމަކީ މަނާކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ގައިޑްލައިންގައިވާ ގޮތުން އެގޮތުން 500 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ހުންނަ ރަށެއްގައި ނަމަ 10 އައިސޮލޭޝަން ކޮޓަރި އާއި 20 ކަރަންޓީން ކޮޓަރި ހުންނަން ޖެހެއެވެ.

ސަތޭކަ އާއި 500 ދެމެދުގެ ޓޫރިސްޓު އެނދު ހުންނަ ނަމަ ފަސް އައިސޮލޭޝަން ކޮޓަރި އާއި 10 ކަރަންޓީން ކޮޓަރި އަދި 100 އަށްވުރެ މަދުން ޓޫރިސްޓު އެނދު ހުންނަ ރަށްރަށުގައި ތިން އައިސޮލޭޝަން ކޮޓަރި އާއި ހަ ކަރަންޓީން ކޮޓަރި ހުންނަންޖެހޭނެ ކަމަށް ގައިޑްލައިންގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: