ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓްހައުސްތަކާއި ސަފާރީތަކަށް ހިލޭ އެހީގެ ފުރުސަތު!

ހުޅުމާލޭ ގެސްޓްހައުސްތައް— ފޮޓޯ: ރާއްޖެއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ގެސްޓްހައުސްތަކާއި ސަފާރީތަކަށް “އީޔޫ ސަޕޯޓް ފޯ އަ ރެޒިލިއަންޓް ރިކަވަރ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް” ޕްރޮޖެކްޓުގެ ދަށުން ހިލޭ އެހީއަށް އެދި ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އިން ހުޅުވައިލައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހީނަރުކަމުން އަރައިގަނެ، ދިވެހިރާއްޖޭގައި ހަރުދަނާ ކުރެވިފައިވާ އިގްތިސޯދެއް ގާއިމުކުރުމުގެ މަގްސަދުގައި، ޔޫރަޕިއަން ޔޫނިއަން އިން 2 މިލިއަން ޔޫރޯ ހިލޭ އެހީގެ ގޮތުގައި ހަދިޔާ ކޮށްފައިވެއެވެ.

މިގޮތުން، “އީޔޫ ސަޕޯޓް ފޯ އަ ރެޒިލިއަންޓް ރިކަވަރ އޮފް އެސްއެމްއ ޓޫރިޒަމް އިންޑަސްޓްރ އިން ދަ މޯލްޑިވްސް” ޕްރޮޖެކްޓްގެ ދަށުން 1.4 މިލިއަން ޔޫރޯ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 0.6 މިލިއަން ޔޫރޯ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރިތަކަށް ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައެވެ.

ހަމައެއާއިއެކު ވިޔަފާރި ހިންގުމާއި، ފައިނޭންޝަލް މެނޭޖްމަންޓް އަދި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ ބައިނަލްއަގްވާމީ ބާޒާރުގައި ވާދަކޮށް “ނިއު ނޯމަލް” އަށް ހޭނުވުމުގެ ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މި ޕްރޮޖެކްޓް ތަކުގެ ދަށުން ހިލޭ އެހީ ހާއްސަ ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. އެއީ 40 އެނދަށްވުރެ މަދުން އޮޕަރޭޓްކުރާ ގެސްޓް ހައުސްތަކާއި ސަފާރީތަކަށް އަމާޒުކުރެވިގެން، ކޮވިޑް-19 ގެ ސަބަބުން މި ކުދި ވިޔަފާރިތަކަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީވުމަށްޓަކައެވެ.

ހަމައެއާއި އެކު މި ޕްރޮޖެކްޓްގެ ދަށުން ހިލޭ އެހީއަށް އެދި ކުރިމަތިލެވޭނެ ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އަމިއްލަ ފަރުދެއް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ޕާޓްނަރޝިޕް ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރ ކޮށްގެން ހިންގަމުންދާ ވިޔަފާރިއަކަށްވުމާއެކު، ގެސްޓްހައުސްއެއް ނުވަތަ ސަފާރީއެއް އޮޕަރޭޓް ކުރަމުންދާ ފަރާތަކަށް ވާންޖެހެއެވެ. އަދި ގެސްޓްހައުސް ނުވަތަ ސަފާރީ ހިންގުމުގެ ސައްހަ ލައިސެންސެއް ޑިސެންބަރު 2019، ޖެނުއަރީ 2020 ނުވަތަ ފެބްރުއަރީ 2020 ގައި ލިބިފައިވާ ފަރާތެއް ކަމުގައިވުމާއި އެކު ގެސްޓްހައުސް ނުވަތަ ސަފާރީ ވިޔަފާރީގެ އެނދުގެ އަދަދު 40 އަށްވުރެ އިތުރު ވެގެންނުވާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: