ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓްހައުސްތަކާއި ހޮޓާތައް ގިންތިކުރުމުގެ ބިލް ކޮމެޓީން ފާސްކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ގެސްޓްހައުސްތަކާއި ހޮޓާތައް ގިންތިކޮށް، ތަފުސީލުކޮށް ބުނެދޭ ގޮތަށް، ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހު ކޮމެޓީން ފާސްކޮށްފިއެވެ.

ސަރުކާރުން ސްޕޮންސާކޮށްގެން ޓޫރިޒަމް ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ގެސްޓްހައުސްތަކާއި ހޮޓާތައް ގިންތި ކުރަން ހުށަހަޅާފައިވެއެވެ.

މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މިއަދު ވަނީ ގެސްޓްހައުސް އަދި ހޮޓާތައް ގިންތި ކުރަން ޓޫރިޒަމް ބިލުގައި ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފައެވެ. ކޮމެޓީން މިއަދު ގެނައި ބަދަލާއެކު މި ގާނޫނު ތަސްދީގުކޮށް ގެޒެޓު ކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ގެސްޓްހައުސްތަކާއި ހޮޓާތަކުގެ ރަޖިސްޓްރީ ގާނޫގައިވާ ގޮތަށް ބަދަލު ކުރަން ޖެހެ އެވެ.

މި ބިލުގައިވާ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން 50 ކޮޓަރި އަށް ވުރެ މަދުން ކޮޓަރި ހުންނަ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގާނީ ތިން ޑޮލަރެވެ. އަދި މިއަށްވުރެ ބޮޑެތި ތަންތަނަކީ ހޮޓާގެ ގޮތުގައި ބަލައި ހަ ޑޮލަރުގެ ޓެކުހެއް ނަގަން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މި ގާނޫނު ފުރިހަމަ ވެގެންދާނީ މިކަން އިތުރަށް ތަފުސީލުކޮށް ޓޫރިޒަމް މިނިސްޓްރީން ގަވާއިދުތައް ހަދައިގެންނެވެ.

މި ބަދަލުގެ އިތުރުން ގެސްޓްހައުސް ރަޖިސްޓްރީ ކުރަން މިހާރު ނަގާ 5،000ރ. ގެ ފީ ވެސް ނުނެގުމަށް ނިންމާފައެވެ. އަދި އެސްއެމްއީތަކަށް ފަސޭހަވާނެ ގޮތަށް ގިނަ ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ގެސްހައުސް ކެޓަގަރީގައި ހިމެނޭ ތަންތަނުގައި ބަދިގެ ނޫނީ ރިސެޕްޝަން ފަދަ ހިދުމަތްތައް ނެތި ނަމަވެސް ވިޔަފާރި ފަށަން ހުއްދަ ދިނުން ފަދަ ލުއިތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: