ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި އަދަދުތަކުން ބަދަލު ދޭންޖެހުން: ތިލަފުށީގައި އޮތް ބޯޓުގެ މައްސަލާގައި ވެސް 9.2 މިލިއަން ރުފިޔާ!

ތިލަފުށި ފަޅުގައި އޮތް ސީހޯމް ސެފަޔަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީ ފަޅުގައި އޮތް ސީހޯމް ސެފަޔަރ ބޯޓުގެ މައްސަލާގައި ދައުލަތުން ބަދަލުގެ ގޮތުގައި ޕަރކަވަން ކުުންފުންޏަށް 9.2 މިލިއަން ރުފިޔާ ދޭން ސިިވިލް ކޯޓުން ހުކުމްކޮށްްފިއެވެ.

ޕަރކަވަން ކުންފުނިން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ މައްޗަށް ދައުވާކޮށްފައިވަނީ އެކުންފުންޏަށް ހައްގުނުވާ ބޯޓެއް އެއީ އެކުންފުނީގެ ބޯޓެއްކަމަށް ދައްކައިގެން އުޅަނދު ސެލްވޭޖް ކުރުމާއި އުޅަނދުގެ މިލްކުވެރިކަން ޕަރކަވަންއަށް ލިބެގޮތަށް ހަދާފައިވާ އެއްބަސްވުމަކީ ބާތިލް އެއްބަސްވުމެއްކަމަށް ކަނޑައަޅާފައިވުމާއި ގުޅިގެން އެކުްފުންޏަށް ލިބިފައިވާ ބަދަލު ހޯދުމަށެވެ. ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންއިން ޕަރކަވަން ކުންފުންނާއި އެބޯޓު ނެގުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޯޓުން އޭރު ކުރި ހުކުމަކާއި ގުޅިގެން ހުސްވި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

އެއްބަސްވުމުގައި ބޯޓު ކަފައި، އެތަނުން ނެގުމާއި ބޯޓުގެ މިލްކުވެރިކަން ޕަރކަވަންއަށް ލިބޭ ގޮތަށް ވަނީ އެއްބަސްވެފައެވެ. ކުންފުނިން ކޮށްފައިވާ ދައުވާގައި މަސައްކަތް ކުރަމުން ދަނިކޮށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބޯޓަށް އަރައި މަސައްކަތް ހުއްޓުވާފައިވުމުން ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 708،511 އެމެރިކާ ޑޮލަރު 36 ސެންޓް (ދިވެހި ރުފިޔާއިންނަމަ 10.9 މިލިއަން ރުފިޔާ) ހޯދުމަށް ވަނީ އެދިފައެވެ.

މިމައްސަލާގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ހުކުމުގައި ވަނީ ތިލަފުށީ ސަރަހައްދުގައި އޮތް “އެމް.ވީ ސީހޯމް ސެފަޔަރ” ނަމަކަށް ކިޔާ ބޯޓު އެސަރަހައްދުން ނެގުމަށާއި މަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި ޕާރކަވަން ކުންފުންޏަށް އެބޯޓު މިލްކުވެރިކޮށްދޭނެކަމަަށް އެއްބަސްވެފައިވާކަމަށެވެ. އަދި އެކުންފުނިން ބޯޓްޔާޑަކަށް އެބޯޓު އެރުވުމަށްފަހު ބޯޓުގެ ބައިތައް ބާދަނގަޑުގެ ގޮތުގައި ވިއްކާލުމަށްޓަކައި ބޯޓު ކަފަމުން ދަނިކޮށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެމަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ. އަދި އެކަން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންއަސް އެންގުމުން ޕަރކަވަންއަށް އެބޯޓު ލިބޭނެ ގޮތް ހަދާދީފައިނުވާ ކަމަށާއި ބޯޓުގެ މިލުވެރިކަންވެސް ޕަރކަވަންއަށް ދީފައިނުވާކަމަށް ހުކުމުގައިވެއެވެ. އަދި ޕަރަކވަންއަށް ބޯޓޫ މިލްކުކޮށްދޭނެކަމަސް އެއްބަސްވީއިރުވެސް، އެބޯޓު މީހަކަށް މިލްކުކޮށްދެވޭނެ ބާރު ނުވަތަ އެހައްގު ޖީއެމްއައިޒެޑްއެލްއަށް ލިބިގެންނުވާކަމަށް ހުކުމްގައިވެއެވެ.

އެހެންކަމުން، އެއުޅަންދު ވިއްކާލައިގެން ޕަރކަވަންއަށް 597،800 އެމެރިކާ ޑޮަލަރު ނުވަތަ 9.2 މިލިއަން ރުފިޔާ ލިބެންއޮތްކަން ހާމަވާކަމަށް ހުކުމްގައިވެއެވެ. އަދި ހަމައެއާއެކު މިފައިސާއަކީ، ކުންފުންޏަށް އުޖޫރައިގެ ގޮތުގައި ދޭންޖެހޭ ފައިސާއެއްކަމަށް އެއްބަސްވުމުން ހާމަވާން އެބައޮތްކަން ފާހަގަކޮށް، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންއިން ޕަރކަވަން ކުންފުންޏަށް 597،800 އެމެރިކާ ޑޮަލަރު ނުވަތަ 9.2 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހުކުމްކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: