ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާޖުތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމުގައި ދަތިތަކެއް!

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހުރި ގަރާޖުތަކާއި ވެއަރހައުސް ފަދަ ތަންތަން އިންްޑަސްޓްރިއަލް ޒޯނަށް ބަދަލު ކުރުމުގައި ދަތިތައް ކުރިމަތިވެފައިވަނީ ބުރިޖު އެޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިންޑަސްޓްރިއަލް ސަރަހައްދު ޕްލޭނިންގް މިނިސްޓްރީއިން ނަގާފައިވާތީކަމަށް މާލެ ސިޓީ ކައުންސިލުގެ ބަޔާނުން ހާމަވެއްޖެއެވެ.

މާލެގެ ގަރާޖެއް ރޯވެ، ގިނަ އަދަދެއްގެ މީހުން ނިޔާވެފައިވާ ހާދިސާއާއި ގުޅިގެން މާލެ ސިޓީ  ކައުންސިލުން ނެރިފައިވާ ބަޔާނުގައި ބުނެފައިވާގޮތުން މާލޭގެ ގަރާޖުތައް އަދި ވޯކްޝޮޕާއި ކެމިކަލް ގުދަންތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމަށް އެ މުއައްސަސާއިންވަނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު ލޭންޑް ޔޫޒް ޕްލޭނެއް އެކުލަވާލައި ފާސްކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުގެ ބަޔާނުގައި ވާގޮތުން އެ ކައުންސިލުގެ ލޭންޑް ޔޫޒް ޕްލޭން ފާސްވުމުން، ނިންމާފައިވަނީ ގުދަންފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމަށެވެ. އަދި އެކަން ކުރެވިފައިވަނީ ނުރައްކައުތެރި ހާދިސާތަކުން ސަލާމަތްވުމަށް ކަމަށްވުމުން އާންމުން ދިރިއުޅޭ ތަންތާގައި ހުރި އެފަދަ ތަންތަން މާލެގެ އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ބޭނުން ނުކޮށް އޮތް ސަރަހައްދަށް ނަމަވެސް ބަދަލު ކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުންވަނީ އެ ކައުންސިލުން ނެރުނު ބަޔާނުގައި އެދިފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވާގޮތުން މިފަދަ ހިތާމަވެރި ހާދިސާތައް ހުއްޓުވޭނީ މިފަދަ ގަރާޖުތަކާއި ވޯކްޝޮޕުތައް ހިންގާ ފަރާތްތައްކުންނާއި އެހެނިހެން ފަރާތްތަކުންވެސް އެތަނެއްގައި ހުންނަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދޭންޖެހޭ އިސްކަން ދީގެންކަމަށެވެ. އަދި މިފަދަ ހާދިސާއެއް ނުހިނގާނެ ކަން ކަށަވަރު ކުރުމަށް އެޅެން އޮތް އެންމެހާ ފިޔަވަޅެެއް އެޅުމަށް ކައުންސިލުން ވަނީ ކަމާއި ބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލުންވަނީ އެ ހާދިސާ ހިނގުމުގައި އިހުމާލުވެފައިވާ ފަރާތްތައް ހޯދައި ޝާމިލުވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

މާލޭގައި ހުރި ގަރާޖު ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިފައިވާއިރު، މި އަހަރުގެ ކުރީ ކޮޅު ޕްލޭނިންގް މިނިސްޓްރީއިންވަނީ އެ ސަރަހައްދު ގުޅީ ފަޅު މާލެ ދެމެދު އަޅާ ބުރިޖު އެޅުމުގެ މަސައްކަތްތައް ކުރުމަށް އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: