ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަކަށް ބަދަލުކުރީ ރައީސް ޔާމީން: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަކަށް ބަދަލުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލަފަޔާ އިރުޝާދުގެ ދަށުން ކަން ދިވެހިންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިޞްލާޙު ކުރުމަށް އިދިކޮޅުން ހުށައެޅި ބިލު ބޭރުކޮށްލުމާ ގުޅިގެން އެ ފަރާތަކުން ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓި ކޮށްފައި، ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަކަށް ބަދަލުވީ ރައީސް ޔާމީންގެ އިރުޝާދާއި، ލަފަޔާއި އެންގުމާއި ބައިވެރިވުމުގެ ތެރެއިންކަން ދިވެހިންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

”ޕީޕީއެމްގެ ވެރިކަމުގައި ކަންވީގޮތް ރައްޔިތުންނަށް މާބޮޑަށް ވެސް އެނގޭ.“ ނަޝީދު ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު އެވެ. އެ އިސްލާހު ބަލައިގަތުމަށް މިއަދު ވޯޓަށް އެހުމުން އެއްކޮޅަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ. އަދި ދެކޮޅަށް 50 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

އެކަމާ ގުޅިގެން އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ބިލުގެ ބަހުސްގައި ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ އެއްވެސް މެންބަރަކު ބައިވެރިވެފައި ނުވާ ކަމަށާއި އަދި އެމްޑީޕީގެ މެންބަރުންވަނީ ޕީޕީއެމްއާއި ޕީއެންސީން މިބިލަށް ވާހަކަ ދެއްކެވި މެންބަރުންނަށް ހުރަސްއަޅާފައި ކަމަށެވެ.

އަދި ޝަރުޢީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމުގެ ނަމުގައި އެމްޑީޕީން ދައްކަމުންދިޔަ ވާހަކަތަކަކީ އެއްވެސް އިޚްލާޞްތެރި ނިޔަތެއް ނެތި ދައްކަމުންދިޔަ ވާހަކަތަކެއްކަން ހާމަވާ ކަމަށް އިދިކޮޅުން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: