ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންއައިސީގެ ރައީސް ކަމަށް ގާސިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސްގެ މަގާމަށް ގާސިމް އަބްދުލް ކަރީމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފި އެވެ.

ޤާސިމް އަބްދުލްކަރީމް އެންއައިސީ ރައީސްކަމަށް އައްޔަނު ކޮށްފައިވާ ކަމަށް ރައީސް ޞާލިޙް ރައްޔިތުންގެ މަޖިލިސްއަށް އަންގާފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ ޢިއުލާން ކުރަށްވާފައި އެވެ.

މިހާރު ކުރިއަށްދާ މަޖިލިސްގެ ޖަލްސާގައި، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަލްސާ ފަށްޓަވަމުން ދެއްކެވި ވާހަކާގައި ތެރޭގައި ވަނީ، އެންއައިސީގެ ރައީސް ކަމަށް ގާސިމް އައްޔަނުކޮށްފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިއްޔެ މަޖިލީހަށް އައްގަވާފައިވާ ކަމަށް ވިދާޅުވެފައި އެވެ.

އެންއައިސީގެ މެންބަރުކަމުގެ މަގާމަށް މިދިއަ ހޯމަ ދުވަހު އައްޔަން ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ފާސް ކުރެއްވި ހަތަރު ބޭފުޅުންގެ ތެރޭގައި ގާސިމް ހިމެނެ އެވެ.

ގާސިމްގެ އިތުރުން އެންއައިސީއަށް އައްޔަނު ކުރެއްވި މެމްބަރުންނަކީ އާމިނަތު ޝާދިޔާއާއި، އަލްއުސްތާޛާ ޢާޝިޔަތު ޝިއުނާއާއި، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: