ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޣާވާތް ނުކުރާނެކަން ޔަގީންކޮށްދޭން ފުލުހުން ރަސްމީކޮށް މާފަށް އެދެންޖެހޭ: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޣާވާތް ނުކުރާނެކަމުގެ ޔަޤީންކޮށްދޭން ފުލުހުން، ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދެންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ އެއްވެސް ސަރުކާރު ވައްޓާލަން ފުލުހުން ދެން ނުނިކުންނާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޔަޤީންކަން އޮތްނަމަ ކިތަންމެހައި ވެސް ރަނގަޅު ކަމަށާއި ނަމަވެސް އެ ޔަޤީންކަން ރައްޔިތުންނަށް އެރުވުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަކީ “ޓުރުތު އެންޑް ރީކޮންސިލިއޭޝަން” ގެ އުސޫލުން އެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށްއެދުން ކަމަށެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ވަނީ ނިކުމެ އިހުތިޖާޖުކޮށްފައެވެ. އަދި އެ ދުވަހު ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ނަޝީދު ވަނީ ވެރިކަމުން އިސްތިއުފާ ދެއްވާފައެވެ.

ސީޕީ ހަމީދު އިއްޔެ ވިދާޅުވީ އެއީ މާޒީ ކަމަށާއި އެ މާޒީން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ޒާތުގެ ކަމެއް ފުލުހުން ދެން ކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: