ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީވުމަށް އދ ގެ ފަރާތުން ރާއްޖެއަށް ޕީޕީއީ ހަދިޔާކޮށްފި

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީވުމަށް އދ އިން ހަދިޔާކުރި ޕީ.ޕީ.އީ ސަރުކާރާ ހަވާލުކުރުން/ ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިންޓަގްރޭޓެޑް ރެސްޕޯންސް ސަޕޯޓްގެ ދަށުން އދ އިން ދިވެހިރާއްޖެއަށް ހަދިޔާކުރާ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީއެވެ. އަދި ޕީޕީއީތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

ޔޫއެންޑީޕީ އިން ހަދިޔާކުރި ޕީޕީއީތަކުގެ ތެރޭގައި ހިމެނެނީ 1080 ހެޒެމްޓް ސޫޓް، 10،080 އެން-95 މާސްކް، 5000 ސާޖިކަލް ގައުންސް، 6000 ސާޖިކަލް މާސްކް، 400 ގޮގްލްސް، 6000 ހެޑް ކަވާސް ގެ އިތުރުން 5000 ޝޫ ކަވާސް އާއި 2000 ފޭސް ޝީލްޑް އަދި 10،000 އެގްޒަމިނޭޝަން ގްލަވްސް އެވެ. އަދި މިތަކެތި ބޭނުންކުރާނީ ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުން ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ޔޫއެންޑީޕީ އިން ދިވެހިރާއްޖޭގެ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ގުދުރަތީ ގޮތުން ދިމާވާ ކާރިސާތަކާ ކޮވިޑް ފަދަ ބަލިމަޑުކަމުގައި އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ޝާހިދު ފާހަގަކުރެއްވިއެވެ. ޕީޕީއީ ތަކުގެ އިތުރުން ޓިއޯޗިއު އިންޓަނޭޝަނަލް ފެޑެރޭޝަންގެ އެހީތެރިކަމާއެކު ހޯދާފައިވާ 1 މިލިއަން ނަން-ސާޖިކަލް މާސްކްވެސް މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރާ ވަނީ ހަވާލުކޮށްފައެވެ.

މި މާސްކްތައް ބޭނުންކުރެވޭނީ ޔޫއެންޑީޕީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ތައްޔާރުކުރި ރެޕިޑް ލައިވްލި-ހުޑްސް އެސެސްމެންޓްގައިވާ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް، އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި، ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގައި ގެސްޓްހައުސްތަކުގެ މުވައްޒަފުންގެ ބޭނުމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކީ ފޫޖީ ވަނީ ކޮވިޑް އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށާއި، އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. އަދި ފަތުރުވެރިކަން އަލުން ހުޅުވާލެވިގެންދާއިރު، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޕީޕީއީތައް މުހިންމު ރޯލެއް އަދާކުރާނެ ކަމަށް ވިދާޅުވިއެވެ.

”ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައާއި، ކޮވިޑް-19ގެ ސަބަބުން ލިބުނު އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ އދ. ގެ ޓީމުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރުން ފާހަގަ ކުރެއެވެ. މިއަދުވެސް ފެނިގެން މިދިޔައީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން ކުރެވޭ މަސައްކަތުގެ މިސާލެކެވެ.“ ފޮރިން މިނިސްޓްރީ

މިއަދުގެ ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވޯލް އާއި، ރާއްޖޭގައި ހުންނަ އދގެ އެޖެންސީތަކުގެ އިސްވެރިންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް، މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: